29 ވީއިރު ކަލޭމެންގެ ހިތްތައް ކަލޭމެން ކާނެ ބޯނެ އެއްޗަކާއި މެދު ވިސްނުމަށް ދޫނުކޮށްލާ. އެކަމާއި ހާސް ނުވޭ.
އެހެންވީމާ ކާބޯތަކެތި ލިބޭނޭ ގޮތަކާއިމެދު، ނުވަތަ އަންނައުނު ހޯދާނޭ ގޮތަކާއިމެދު ތިޔަބައިމީހުން ފިކުރު ނުކުރޭ.
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކަލޭމެންގެ ދިރިއުޅުމާއި މެދު ނޫނީ ކަލޭމެން ކާނެ އެއްޗަކާއި މެދު ނުވަތަ ކަލޭމެންގެ ހަށިގަނޑާއި މެދު ނުވަތަ ލާނެ އަންނައުނާ މެދު ވިސްނާ ކަންބޮޑު ނުވޭ.
ކަލޭމެންނަށް މި ވަރުގެ ކުޑަކަމެއް ނުކުރެވޭ ހިނދު ދެން އިތުރު އެހެން ކަންތަކާއި މެދު ހާސްވުމުގެ ބޭނުމަކީ ކޮބާ؟
އެއީ މާތްރަސްކަލާނގެއަށް އީމާންނުވާ މީހުން ދަހިވެތިވެ ދުވަނީ އެތަކެތީގެ ފަހަތުން. ކަލޭމެންނަށް އެތަކެތި ބޭނުންވާ ކަން ކަލޭމެންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ދެނެވޮޑިގެން ވޭ.
ދެން އީސާގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”ފައިސާއެއް، ދަބަހެއް، އަދި ފައިވާނަކާ ނުލާ އަހަރެން ކަލޭމެން ފޮނުވި ފަހަރު ކަލޭމެންނަށް އެއްވެސް އެއްޗަކަށް ދަތިވި ތަ؟“ އެމީހުން ޖަވާބުގައި ބުންޏެވެ. ”ނޫން. އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ދައްޗެއް ނުވޭ.“