ލޫކާސް 12:28 - ކިތާބުލް މުޤައްދަސާ28 އޭ އީމާންކަން ކުޑަ މީހުންނޭ. ކުޑަވަގުތު ކޮޅަކަށް ފަރިވެފޮޅޭ އަދި ގިނަ ދުވަހެއް ނުވެ މިލާގެންދާ ވަލުތެރޭގެ މާމެލާމެލި މާތްރަސްކަލާނގެ އެފަދަ ފަރި ރީތި ކަމާއި އެކު ހައްދަވާއިރު އެކަލާނގެ ކަލޭމެން އަދި ކިހާ ރަނގަޅަކަށް ހެދުން އަޅުއްވާނެ ތަ؟ အခန်းကိုကြည့်ပါ။ |
އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުގެ ކުޑަކަމުން. އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ އީމާންތެރިކަން ރެވި އޮށެއްހާ ބޮޑު ކަމުގައި ވިނަމަވެސް މި ފަރުބަދައަށް ’ތިޔަ ހުރި ތަނުން ލުހިގެން ދާށޭ‘ ތިޔަބައިމީހުން ބުނިކަމުގައިވާނަމަ، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެމެ. އަދި ހަމަ އެހެންމެ ތިޔަބައިމީހުންނަށް ނުކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ.“
ވަލުތެރޭގައި ހުންނަ މާމެލާމެއްޔަށް ވެސް މާތްރަސްކަލާނގެ އެ ފަދަ ފޭރާންތައް އަޅުއްވައި ދެއްވާ. އެފަދަ ތަކެއްޗަކީ މިއަދު ތާޒާކޮށް ހުރެފައި މާދަމާ ހިކުނީމާ އުނދުނުގެ އަލިފާނަށް އެއްލާލެވޭނެ ތަކެތި. ވީއިރު އެކަލާނގެ ތިޔަބައިމީހުންނަށް އެއަށްވުރެ މާ ރަނގަޅަށް ފޭރާން އަޅުއްވައި ދެއްވާނެކަން ޔަޤީނެއް ނޫންތަ؟ ތިޔަބައިމީހުންގެ ކިބައިގައި އީމާންތެރިކަން އެހާ ކުޑައީ ކީއްވެ؟