Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 12:24 - ކިތާބުލް މުޤައްދަސާ

24 ކާޅުތަކަށް ބަލާލަ ބަލަ. އެ އެއްޗެތި ގޮވާން އިންދާ އެގޮވާން ކަނޑައެއް ނަހަދާ. އަދި އެ އެއްޗެތީގެ ބޮޑެތި ގުދަންތަކެއް ވެސް ނުވޭ. ނަމަވެސް މާތްރަސްކަލާނގެ އެތަކެއްޗަށް ކާނާ ދެއްވާ. އެކަލާނގެ ކިބަފުޅަށް ދޫނިސޫފާސޫތްޕަށް ވުރެ ކަލޭމެންގެ އަގު މާބޮޑު.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 12:24
13 ပူးပေါင်းရင်းမြစ်များ  

ވީމާ ބިރުވެތި ނުވޭ! ގިނަ ކުދި ދޫނި ތަކަކަށް ވުރެން ތިޔަބައިމީހުން މާބޮޑަށް އެކަށީގެންވޭ.


އެކަލޭގެފާނު ވަޑައިގަންނަވާނީ ގޮވާންތައް ސާފު ކުރެއްވުމަށް ޓަކައި ތައްޔާރުވެ ވަޑައިގެން. އަދި ގޮވާންތަކުން ތޮއްޓާއި ހުއިތައް ވަކިކުރައްވައި ސާފު ކުރެއްވުމަށް އެކަލޭގެފާނު ހުންނަވާނީ ތައްޔާރުވެ ވަޑައިގެން. އޭގެތެރެއިން ރަނގަޅު ގޮވާންތައް އެކަލޭގެފާނު ގުދަން ކުރައްވައި އަދި ތޮށިތައް ނިމުމެއް ނުވާ އަލިފާނުން އަންދައިލައްވާނެ.⁠“


ދޫނިސޫފާސޫފިތަކަށް ބަލާލަބަލަ. އެ ތަކެތި ގޮވާން އިންދާ ނަހަދާ. އަދި ގޮވާން ކަނޑައެއް ވެސް ނަހަދާ. އަދި އެތަކެތި ގުދަނެއް ވެސް ނުކުރޭ. ނަމަވެސް އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު އެތަކެއްޗަށް ކާންދެއްވާ. އެފަދަ ދޫނިތަކަކަށް ވުރެން ތިޔަބައިމީހުންގެ އަގު މާ ބޮޑު.


މި ނިންމުމާމެދު ހެރޮދު ރަސްގެފާނު ވަރަށް ދެރަވިއެވެ. ނަމަވެސް އޭނާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ސަބަބަކީ ހެރޮދު ރަސްގެފާނު އެތައް ހުވައެއް ކުރީ އެންމެހާ މެހުމާނުންގެ ކުރިމަތީގައި ކަމަށް ވުމެވެ.


ދެން އޭނާ ގަސްތު ކުރީ އޭނާގެ ގުދަންތައް ރޫޅައިލާފައި ބޮޑެތި ގުދަންތަކެއް ހެދުމަށް. އޭނާގެ ހިތަށް އެރި. ’⁠އެއިރުން މަށަށް ލިބިފައިވާ ގޮވާންތަކާއި އަދި އެހެނިހެން ތަކެތި އެތާނގައި ރައްކާ ކުރެވޭނެ.


ދިރިއުޅުމަށް ބޭނުންވަނީ ހަމަ އެކަނި ކާނާއެއް ނޫން. އަދި ހަށިގަނޑަށް ބޭނުން ވަނީކީ ހަމަ އެކަނި އަންނައުނެއް ވެސް ނޫން.


މާތްރަސްކަލާނގެ ކިބަފުޅަށް ދޫނިތަކަށް ވުރެ ކަލޭމެން މާ މުހިންމު. އެކަލާނގެ ކަލޭމެންގެ މައްޗަށް ބައްލަވާވޮޑިގެން ވޭ. ބިރުގަނެ ކަންބޮޑުނުވޭ. ކަލޭމެންގެ ބޮލުގައި ވާ ހުރިހާ އިސްތަށީގެ އަދަދު ވެސް މާތްރަސްކަލާނގެ ދެނެވޮޑިގެން ވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ