Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 12:20 - ކިތާބުލް މުޤައްދަސާ

20 ފަހެ މާތްރަސްކަލާނގެ ވަޙީ ކުރެއްވި. ’⁠އޭ ބުދިއެއް ނެތް ނުވިސްނޭ މީހާއޭ. ހަމަ މި ރޭ ތިމަންކަލާނގެ ކަލޭގެ ފުރާނަ ގެންދަވާނަމޭ. ދެން ކަލޭގެ އަމިއްލަ ފައިދާއަށްޓަކައި ރައްކާ ކޮށް ބަހައްޓައިފައިވާ ހުރިހާ ތަކެތި ލިބޭނީ ކާކަށް ހޭ؟⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 12:20
35 ပူးပေါင်းရင်းမြစ်များ  

ނުރަނގަޅުގޮތުގައި ކަލެއަށް ލިބޭ މުއްސަނދިކަމަކުން ވާނެ މޮޅެއް ނޯވެއެވެ. އެކަމަކު ތެދުވެރިކަން ކަލޭގެ ފުރާނަ ސަލާމަތް ކޮށްދެއެވެ.


މަރު އައިސް ޖެހުމުން ފައިސާގެ ބޭނުމެއް ނުފުދެއެވެ. ފުރާނަ ސަލާމަތްވަނީ ތެދުވެރިކަމުންނެވެ.


އެކައްޗެއް ވެސް އަތުގައި ނެތް މީހުން މުއްސަނދިން ކަމަށް ހެދިގަނެއެވެ. ހުރިހާ އެއްޗެއް ހުރި މީހާ ފަގީރެއްކަމަށް ހެދިގަނެއެވެ.


މާދަމާ މިވެނި ކަމެއް ކުރާނަމޭ ކިޔާފައި ބޮޑު ނުކަނޑާށެވެ. މިހާރާއި މާދަމާއާ ދެމެދު ކަންހިނގާނެ ގޮތެއް ކަލެއަކަށް ނޭނގޭނެއެވެ.


ރިބާގެ ގޮތުގައި އިތުރަށް ނަގައި ތިމާ މުއްސަނދިވާ ފައިސާތައް ގެއްލި، އެފައިސާތައް އެންމެ ފަހުން ވަންނާނީ ފަގީރުންނާ މެދު ދީލަތިކޮށް ހިތާ މީހާގެ ޖީބަށެވެ.


އޭ ނުވިސްނޭ މީހުންނޭ. ތަށީގެ އެތެރެ ހެދީ ތަށީގެ ބޭރު ވެސް ހެދިމީހާ. އިންސާނާގެ ހަށިގަނޑު ހެއްދެވި ފަދައިން އިންސާނާގެ ފުރާނަ ވެސް ހެއްދެވީ ހަމަ މާތްރަސްކަލާނގެ.


އެ ހިނދު ދުނިޔޭގެ މީސްތަކުން މިފަދައިން ބުނާނެއެވެ. ”⁠އަހަރެމެން ސުލްޙައިގައި ވަމެވެ. އަދި އަހަރެމެން ސަލާމަތުން ވަމެވެ.⁠“ އެހެނަސް އެބައިމީހުންގެ މައްޗަށް ހަލާކު ކުރިމަތި ވެދެއެވެ. މިފަދައިން ކަންތައްތައް ވާނީ ނުހަނު އަވަހަށެވެ. އެއީ މާބަނޑު އަންހެނަކު ދަރިއަކު ވިހެއުމުގައި އަޅާ ވޭންވަރު ފަދައިން ހިނގާނެ ކަމެކެވެ. އެބައިމީހުންނަށް ސަލާމަތެއް ނެތެވެ.


މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ.


މިއާއެކު، އަހަރެމެން ދުނިޔެއަށް އަންނައިރު ނަފްސު ފިޔަވައި އިތުރު އެއްޗެއް ނުގެންނަމެވެ. އަދި ނެތިގެން ދާއިރު ވެސް އިތުރު އެއްޗެއް ނުގެންދެވެއެވެ. ހަމައެކަނި ނަފްސު ފިޔަވައިމެވެ.


ނަމަވެސް މާދަމާ ކަލޭމެންނާ މެދުގައި ކަންތައްތައް ހިނގާނޭ ގޮތެއް ކަލޭމެންނަށް އެނގިގެން ނުވޭމެއެވެ. ކަލޭމެންގެ ޙަޔާތަކީ ފަތިހުގައި ފައިބާ ފިނިފަދައިން ހިނގައިދާ ކަމެކެވެ. އެހެނީ ކުޑަ ހިނދުކޮޅެއްގައި ފެނިދެއެވެ. ނަމަވެސް އެއަށް ފަހު ނެތިދޭމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ