Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 12:19 - ކިތާބުލް މުޤައްދަސާ

19 އެއިރުން އަހަރެން އަހަރެންގެ އަމިއްލަ ނަފްސަށް ބުނެވޭނެ. އަހަރެންނަކީ ވަރަށް ބޮޑު ނަސީބުވެރިއެކޭ. އަހަންނަށް އެތައް އަހަރަކަށް ފުދޭވަރަށް ބޭނުންކުރުވޭނެ ތަކެތި ރައްކާ ކުރެވިފައި އެބަ ހުއްޓޭ. މިހާރު ދެން އަރާމު ކޮށް ކައި ބޮއި އުފާކުރާށޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 12:19
39 ပူးပေါင်းရင်းမြစ်များ  

ނުރަނގަޅުގޮތުގައި ކަލެއަށް ލިބޭ މުއްސަނދިކަމަކުން ވާނެ މޮޅެއް ނޯވެއެވެ. އެކަމަކު ތެދުވެރިކަން ކަލޭގެ ފުރާނަ ސަލާމަތް ކޮށްދެއެވެ.


ބުއްދިވެރިޔާ މުއްސަނދިކަމުގެ ތާޖް އަޅައެވެ. މޮޔަމީހާ ވާނީ ހައްތަހާ މޮޔައެވެ.


މުއްސަނދިމީހާ ހީކުރަނީ އޭނާގެ ފައިސާއަކީ ދިފާއެއް ކަމަށެވެ. އެމީހުން ހީކުރަނީ އޭގެ އެހީގައި ރައްކާތެރިކަން ލިބޭނެކަމަށެވެ.


އެހެނީ އެސްފިޔައެއް ޖަހާހާ އަވަހަށް މުދާތައް ގެއްލިދެއެވެ. ފިޔަފަޅާފައިވާ ބާޒެއްހެން އުދުހިދެއެވެ.


މާދަމާ މިވެނި ކަމެއް ކުރާނަމޭ ކިޔާފައި ބޮޑު ނުކަނޑާށެވެ. މިހާރާއި މާދަމާއާ ދެމެދު ކަންހިނގާނެ ގޮތެއް ކަލެއަކަށް ނޭނގޭނެއެވެ.


ދެން އޭނާ ގަސްތު ކުރީ އޭނާގެ ގުދަންތައް ރޫޅައިލާފައި ބޮޑެތި ގުދަންތަކެއް ހެދުމަށް. އޭނާގެ ހިތަށް އެރި. ’⁠އެއިރުން މަށަށް ލިބިފައިވާ ގޮވާންތަކާއި އަދި އެހެނިހެން ތަކެތި އެތާނގައި ރައްކާ ކުރެވޭނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އެއްފަހަރަކު ވަރަށް ބޮޑު މުއްސަންޖަކު އުޅުނު. އޭނާ އަބަދުވެސް އެންމެ އަގުބޮޑު މޮޅު އަންނައުނު ލާ މޮޅު ކެއުން ކައިގެން އަރާމުގައި އުޅުނު.


ބަލައިގެން އުޅޭ. ނޫނީ ކަލޭމެންގެ ހިތްތައް ފާފަވެރި ދިރިއުޅުމެއްގެ ތެރެއަށް ވެއްޓިދާނެ. އޭރުން ރާބޮއިގެން އަމަލު ވުމާއި ދިރިއުޅުމުގެ އުނދަގޫތަކާއި ހާސްކަން ކުރިމަތި ވާނެ. ދެން ކަލޭމެން ހީވެސް ނުކޮށް ނުވިސްނާ ތިއްބާ އެދުވަސް އައިސް


އާޚިރުގައި މިފަދަ މީހުންގެ ނިމުމަކީ ހަލާކެވެ. އެބައިމީހުން ވަނީ ޖިސްމާނީ އަޅުވެތި ކަމެއްގައެވެ. އެބައިމީހުންގެ ލަދުޙަޔާތް ކުޑަ އަމަލު ތަކާއިމެދު ބޮޑާވެއެވެ. ހަމައެކަނި އެބައިމީހުން އެދުންވެރި ވަނީ މާއްދިއްޔަތަށެވެ.


ނަމަވެސް މިފަދަ ހުވަފަތް އަންހެނުން އެދުންވެރި ހިތަކައިގެން ދިރިއުޅުން ވޭތުކުރާ ކަމުގައި ވަނީނަމަ ދިރިހުރި ކަމުގައިވިޔަސް ރޫޙާނީ ގޮތުން އެކަނބަލުން ވަނީ މަރުވެފައެވެ.


މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ.


ރަޙުމަތްތެރިންނަށް ޚިޔާނާތްތެރިވެ، ކަންކަމަށް ފަރުވާކުޑަކޮށް، ފަޚުރުވެރިކަން އިންތިހާގައެވެ. މާތްރަސްކަލާނގެދެކެ ލޯބި ވުމުގެ ބަދަލުގައި މަޖަލަށް ލޯބި ކުރާނެއެވެ.


މި ދުނިޔޭގައި ކަލޭމެން ޙަޔާތުގެ އުފާފާގަތިކަން ހޯދީ ހިތުހުރި ގޮތަކަށް އަރާމުގައި ދިރިއުމުގައެވެ. ކަލޭމެންގެ ޖިސްމުތަކަށް ފުރިހަމަ ރޫފަ ގެނުވިއެވެ. އެއީ ކަތިލުމަށް ތައްޔާރުވެފައިވާ ރޫފަ ރަނގަޅު ޖަނަވާރަކާއި އެއްފަދައިންނެވެ.


ކަލާނގެވަންތަކަން ގަބޫލުނުކުރާ ފަރާތްތަކުން މާޒީގައި އުފާކުރި ކަންތައްތަކުގައި ތިޔަބައިމީހުންގެ ވަގުތުތައް ވެސް ވަނީ ބޭކާރު ކޮށްލާފައެވެ. ޖިންސީ ފާފަވެރިކަމާއި، ފާޙިޝް އެދުންތަކާއި، މަސްތުވުމާއި، ދިޔޯގެކުޅި ކުޅުމާއި، މަސްތުވުމަށްޓަކައި ބޮޑެތި ޖާފަތްތައް ބޭއްވުމާއި އަދި މާތްރަސްކަލާނގެ ފިޔަވައި އެހެނިހެން ތަކެއްޗަށް އަޅުކަން ކޮށްފައެވެ.


އޭނާ އޭނާގެ އަމިއްލަނަފްސު މަތިވެރިކުރި. އަދި މަތިވެރި ލައްޒަތާއިއެކު އޭނާ ދިރިއުޅުނު. ވީމާ މިހާރު އެކަންތަކުގެ ބަދަލުގައި އޭނައަށް އަނިޔާތަކާއި ހިތާމަވެރިކަން ދައްކާލާ! އެއީ އޭނާ ބޮޑު ކަނޑަމުން މިހެން ބުނަމުން ގެންދިޔައީތީ. ’⁠އަހަރެން މިތާ މިއިނީ ރާނީއެއްގެ މަޤާމުގައި! އަހަރެންނަކީ ހުވަފަތް ވެފައިވާ އެހީތެރިއެއް ނެތް މީހަކީމެއް ނޫން. އަދި އަހަރެން ރޯން ޖެހޭ ސަބަބެއް ވެސް ނެތް!⁠‘


ދެން އޭނާ ދާއޫދު ގޮވައިގެން އެމީހުން ތިބިތަނަށް ހިނގައްޖެއެވެ. އޭރު އެމީހުން ތިބީ ފިލިސްޠީނުންނާއި ޔަހޫޛާގެ މީހުންގެ އަތުން އަތުލައިގަތް ތަކެތި ގިނަކަމުން އެކަމުގެ އުފާފާޅުކޮށް ނަށަން، ކައި ބޮއި ހަދަން ރަށުގެ އެތަން މިތަނުގައި ހާވިޔާ ވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ