ލޫކާސް 12:17 - ކިތާބުލް މުޤައްދަސާ17 މި ދަނޑުވެރިޔާ ހިތަށްއެރި. ’އަހަރެންނަށް ލިބިފައިމިވާ ހުރިހާ ތަކެތި ރައްކާ ކުރާނޭ ތަނެއް މިގުދަންތަކަކު ނެތް. ކުރާނީ ކީއްބާ؟‘ အခန်းကိုကြည့်ပါ။ |
އެއްދުވަހަކު އެއްވެ ތިބި މީހުންގެ ތެރެއިން ދީނުގެ ދަންނަބޭކަލަކު ތެދުވެ އީސާގެފާނު ކުށްވެރި ކުރެވޭނެ ފަދަ ބަހެއް އެކަލޭގެފާނުގެ ކިބައިން ހޯދުމަށްޓަކައި އެކަލޭގެފާނާއި ސުވާލެއް ކުރިއެވެ. މިމީހާ އީސާގެފާނަށް ބުންޏެވެ. ”އެދުރުކަލޭގެފާނު. އަޅުގަނޑު ނިމުންނުވާ ޙަޔާތުގައި ލިބިގަތުމަށްޓަކައި ކުރަންވީ ކަންތައްތަކަކީ ކޮބައިތޯ؟“
ކަލޭމެންގެ މުދާތައް ވިއްކާލާފައި އެ ލާރި ފަގީރުންނަށް ދީ. ކަލޭމެންނައްޓަކާ ބާވެ ހަލާކުވެގެން ނުދާ ފަދަ ފައިސާ ދަބަސްތައް ތައްޔާރު ކުރޭ. ކަލޭމެންގެ ޚަޒާނާތައް ސުވަރުގޭގައި ތައްޔާރު ކުރޭ. އެތާނގައި ވާ ޚަޒާނާއެއް ދުވަހަކު ވެސް ހުހެއް ނުވާނެ. އެއީ އެތާނގައި ވާ ޚަޒާނާއެއް ކޮނެގެންނެއް ނުނެގޭނެ. އަދި އެއްވެސް ވަގަކަށް ވެސް އެޚަޒާނާ އަކާއި ކައިރިއެއް ނުވެވޭނެ. އަދި އެއްވެސް ފަންޏަކަށް ވެސް އެޚަޒާނާއެއް ނުކެވޭނެ.
މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ.