Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 12:14 - ކިތާބުލް މުޤައްދަސާ

14 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނަކީ ތިޔަދެކަލުންގެ ދެމެދުގައި އިންސާފު ކުރާ އަދި މުދާ ބަހާ ގާޒީ އެއް ކަމުގައި ޢައްޔަން ކުރީ ކާކު؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 12:14
11 ပူးပေါင်းရင်းမြစ်များ  

އެމީހާ ބުންޏެވެ. ”⁠އަހަރެމެންގެ މައްޗަށް ކަލޭ ވެރި ކުރުވައި ފަނޑިޔާރުކަން ދިނީ ކާކު؟ ކަލޭ ތިޔަ އުޅެނީ އިއްޔެގަ އެ މިޞްރު މީހާ މަރާލިހެން އަހަރެން ވެސް މަރާލަންތަ؟⁠“ މޫސާގެފާނު ވަރަށް ބިރުފުޅުގެންފިއެވެ. އެކަލޭގެފާނު ހިތްޕުޅަށް އަރާވަޑައިގަތެވެ. ”⁠އަހަރެން ކުރި ކަންތައް އެންމެންނަށް އެނގިއްޖެ.⁠“


އެއްވެފައި ތިބި މީސްތަކުންގެ ތެރެއިން އެކަކު އީސާގެފާނަށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު! އަޅުގަނޑުގެ ބައްޕަ ނިޔާވިއިރު، ބައްޕަގެ މިލްކުގައިވާ ތަކެތީގެ ތެރެއިން އަޅުގަނޑަށް ލިބެންޖެހޭ ތަރިކަ އަޅުގަނޑަށް ދިނުމަށް އަޅުގަނޑުގެ އެއްބަނޑުއެއްބަފާ ބޭބެ ކައިރީގައި ވިދާޅުވެ ދެއްވާ!⁠“


ތަންކޮޅެއް ފަހުން އެހެންމީހަކަށް ޕަތަރަސް ފެނިފައި ބުންޏެވެ. ”⁠ކަލޭ ވެސް ތިޔައީ އެމީހުންގެ މީހެއް.⁠“ ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”⁠އޭ ފިރިހެނާ. އަހަރެން މިއީ އެމީހުންގެ މީހެއް ނޫން.⁠“


މިބައިމީހުންގެ އީމާންތެރިކަން ދެކެވަޑައިގެން އީސާގެފާނު އެބަލި މީހާއަށް ވިދާޅުވިއެވެ. ”⁠ރަޙުމަތްތެރިޔާ. ކަލޭގެ ފާފަތައް ފޮހެވިއްޖެ.⁠“


އެކަލޭގެފާނު ގަދަކަމުން އެމީހުންގެ ރަސްގެފާނު ކަމުގައި ހަދާނެ ކަން އީސާގެފާނަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު އެތަނުން ވަޑައިގަތެވެ. އަދި ގިނިކަންޏާ ފަރުބަދަތަކު ތެރެއަށް އެނބުރި ވަޑައިގެންނެވިއެވެ.


އަންހެންމީހާ ޖަވާބުގައި ދެންނެވިއެވެ. ”⁠ސާހިބާ، އެކަކު ވެސް އެކަމެއް ނުކުރި.⁠“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ވެސް ކަލޭ ކުށްވެރިއެއް ނުކުރާނަން. ކަލޭ މިތަނުންދޭ. އެކަމަކު ދެން މީގެ ފަހުން ފާފަ ނުކުރާތި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ