Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 12:12 - ކިތާބުލް މުޤައްދަސާ

12 އެފަދަ ވަގުތެއް ޖެހުމުން މަތިވެރިކަލާނގެ މާތްރޫޙުފުޅު ކަލޭމެން ބުނާނެ ބަސްތައް ކަލޭމެންނަށް އަންގަވާ ދެއްވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 12:12
11 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އިންސާނާއަށް އަނގަ ދެއްވީ ކޮންފަރާތަކުން؟ އަދި އިންސާނާ ބީރު މީހަކަށް ނުވަތަ މަންމަނަކަށް ހައްދަވަނީ ކޮން ފަރާތަކުން؟ އިންސާނާގެ ލޮލަށް އަލިކަން ދެއްވައި އަނދިރި ކުރައްވަނީ ކޮން ފަރާތަކުން؟ އެކަންތައް މެދުވެރި ކުރައްވަނީ ތިމަން މާތްރަސްކަލާނގެ ނޫންތަ؟


މިހާރު ދޭ! ކަލޭ ވާހަކަ ދައްކާއިރު އަހަރެން ކަލެއާ އެކުގައި ވާނަން. ކަލޭ ބުނަންވީ ބަސްތައް އަހަރެން ބުނެދޭނަން.⁠“


ނަމަވެސް ތިޔަބައިމީހުން ހައްޔަރު ކުރުމުން ތިޔަބައިމީހުން ދައްކާނޭ ވާހަކަތަކާއި އަދި އެވާހަކަތައް ބުނެދޭނޭ ގޮތަކާއި މެދު ކަންބޮޑުނުވޭ. އެވަގުތު ތިޔަބައިމީހުން ބުނާނޭ ވާހަކަތައް ތިޔަބައިމީހުންނަށް ދެއްވާނެ.


ޙަޤީޤަތަކީ އެ ހިނދު ވާހަކަ ދައްކާނީ ތިޔަބައިމީހުންނެއް ނޫން. އެ ހިނދު އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅުގެ މާތްރޫޙުފުޅު ތިޔަބައިމީހުން މެދުވެރިކުރައްވައި ވާހަކަ ދައްކަވާނެ.


އެއްވެފައި ތިބި މީސްތަކުންގެ ތެރެއިން އެކަކު އީސާގެފާނަށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު! އަޅުގަނޑުގެ ބައްޕަ ނިޔާވިއިރު، ބައްޕަގެ މިލްކުގައިވާ ތަކެތީގެ ތެރެއިން އަޅުގަނޑަށް ލިބެންޖެހޭ ތަރިކަ އަޅުގަނޑަށް ދިނުމަށް އަޅުގަނޑުގެ އެއްބަނޑުއެއްބަފާ ބޭބެ ކައިރީގައި ވިދާޅުވެ ދެއްވާ!⁠“


އެއީ އެދުވަހު އަހަރެން ކަލޭމެން ބުނަންވީ ބަސްތަކާއި ބުއްދި ކަލޭމެންނަށް ދޭނަން. އެއީ އެއާއިމެދު ކަލޭމެންގެ ދުޝްމިނުންނަށް އެއްބަސްނުވެ ދެކޮޅު ނެހެދޭނެ ފަދަ ތެދު ޙިކުމަތްތެރި ބަސްތައް ކަމުގައި ވާނެ.


އެވަގުތު ޕަތަރަސްގެ މައްޗަށް މާތްރޫޙުފުޅު ވެރިވިއެވެ. އަދި އެވަގުތު އޭނާ ވާހަކަ ދައްކަން ފެށިއެވެ. ”⁠އިއްޒަތްތެރި ޤައުމުގެ ވެރިންނާއި ބޮޑުންނޭ.


ނަމަވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅު މެދުވެރިކޮށް އިސްތިފާނުއަށް ލިބެމުން ދިޔަ އެހީއާއި ވިސްނުމާއި ޙިކުމަތުގެ ސަބަބުން އެމީހުންނަކަށް އިސްތިފާނު އާއި ދެކޮޅަށް ޖަދަލުކޮށް ބަހުސް ކުރުމުގެ ކުޅަދާނަކަމެއް ނުލިބުނެވެ.


ނަމަވެސް އިސްތިފާނު ވީ މާތްރޫޙުފުޅުން ފުރިފައެވެ. އޭނާ އުޑާއި ދިމާ މައްޗަށް ބެލިއެވެ. އެވަގުތު އޭނާއަށް ފެނުނީ މާތްރަސްކަލާނގެ މަތިވެރި ކަރާމަތްފުޅުގެ ވިދާ ނޫރުފުޅެވެ. އަދި މަތިވެރި ކަލާނގެ ކަނާއަތްޕުޅު ފަރާތުގައި އީސާގެފާނު ވަނިކޮށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ