Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 12:11 - ކިތާބުލް މުޤައްދަސާ

11 ދީނީ މަރުކަޒުތަކުގެ ވެރިންނާ އެހެން ވެސް މަތީ ވެރިންގެ ކުރިމައްޗަށް ކަލޭމެން ގެނެވޭ ދުވަހު ކަލޭމެންގެ ދިފާއުގައި ކުރާނެ ކަމަކާ މެދު ނުވަތަ ބުނާނެ ބަސްތަކާއި މެދު ބިރުނުގަންނާތި.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 12:11
14 ပူးပေါင်းရင်းမြစ်များ  

މިހާރު ދޭ! ކަލޭ ވާހަކަ ދައްކާއިރު އަހަރެން ކަލެއާ އެކުގައި ވާނަން. ކަލޭ ބުނަންވީ ބަސްތައް އަހަރެން ބުނެދޭނަން.⁠“


އެހެންވެ އަހަރެން ކަލޭމެންގެ ކައިރިއަށް ނަބީބޭކަލުންނާއި، ޙިކުމަތްތެރިންނާއި އަދި ދީނުގެ ދަންނަބޭކަލުން ފޮނުއްވާނަން. އޭގެތެރެއިން ބައެއް ބޭކަލުން ކަލޭމެން ގަތުލުކޮށް އަދި ސަލީބަށް އަރުވާނެ. އަދި އަނެއްބައި ބޭކަލުންގެ ގައިގާ ކަލޭމެންގެ ދީނީ މަރުކަޒުތަކުގައި ހަންމުށިން ތަޅާނެ. އަދި އެމީހުން އެއްސަހަރުން އަނެއް ސަހަރަށް ފައްސާނެ.


”⁠އެހެންކަމުން، ތިޔަބައިމީހުންނަށް އަހަރެން ބުނަން. ދިރިހުރުމަށް ޓަކައި ބޭނުންވާނޭ ކެއުން ބުއިމާއި މެދު ކަންބޮޑުނުވޭ. ނޫނީ ހަށިގަނޑަށް ބޭނުންވާނޭ ފޭރާމާއި މެދު ވެސް ކަންބޮޑުނުވޭ. ކާނާއަށް ވުރެން ޙަޔާތުގެ މުހިންމުކަން ބޮޑު. އަދި ފޭރާމަށް ވުރެން ހަށިގަނޑުގެ މުހިންމުކަން ބޮޑު.


ތިޔަބައިމީހުންގެ ތެރެއިން އެކަކަށް ވެސް ހާސްވެ ކަންބޮޑުވުމުގެ ސަބަބުން އެންމެ ގަޑިއެއްގެ އިރު ވެސް އެމީހެއްގެ ޙަޔާތަށް އިތުރު ކުރެވިދާނެ ތަ؟


ފޭރާމާއި މެދު ތިޔަބައިމީހުން ކަންބޮޑުވަނީ ކީއްވެ؟ މާމެލާމެލި ހެދި ބޮޑުވެދާ ގޮތް ނިކަން ދެކިބަލަ. އެތަކެތި އަންނައުނު ވިޔެ ހެދުމުގައި ބުރަ މަސައްކަތެއް ނުކުރޭ.


އެހެންވީމާ ކާބޯތަކެތި ލިބޭނޭ ގޮތަކާއިމެދު، ނުވަތަ އަންނައުނު ހޯދާނޭ ގޮތަކާއިމެދު ތިޔަބައިމީހުން ފިކުރު ނުކުރޭ.


ވީއިރު މާދަމާގެ ޙާލަތާއިމެދު ތިޔަބައިމީހުން ފިކުރު ބޮޑު ނުކުރޭ. މާދަމާ އައުމުން މާދަމާގެ ޙާލަތާމެދު ފިކުރު ކުރަން މަޑުކުރޭ. މިއަދު އުފުލަން ޖެހިފައިވާ އުނދަގޫ މިއަދަށް ފުދޭނެ.⁠“


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެންގެ ދިރިއުޅުމާއި މެދު ނޫނީ ކަލޭމެން ކާނެ އެއްޗަކާއި މެދު ނުވަތަ ކަލޭމެންގެ ހަށިގަނޑާއި މެދު ނުވަތަ ލާނެ އަންނައުނާ މެދު ވިސްނާ ކަންބޮޑު ނުވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ