6 ދަތުރަކުން އައި ރައްޓެއްސަކު މި ދަންވަރު އަހަރެންގެ ގެއަށް އަތުވެއްޖެއޭ. އަދި އަހަރެންގެ އަތުގައި އޭނާއަށް ދޭނޭ އެއްވެސް ކާއެއްޗެއް ނެތޭ.‘
އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”މިސާލަކަށް ކަލޭމެންގެ ތެރެއިން އެކަކުގެ ވަރަށް ގާތް ރައްޓެއްސަކު ވީ. އަދި އެއްރެއެއްގެ ދަންވަރު އޭނާ ކަލޭގެ ގެއަށް ގޮސް ބުނި. ’ރަޙުމަތްތެރިޔާއޭ. އަހަންނަށް ކަލޭ މިއަދު ފިހުނު ތަނުން ދެތިން ބޯރޮށި ދީފާނަން ހޭ؟
ކަލޭ ކަލޭގެ ރަޙުމަތްތެރިޔާ އަށް ފަހަރެއްގައި މިހެން ބުނެފާނެ. ’މިދަންވަރު އަހަންނަށް އުނދަގޫ ނުކުރާށޭ. ދޮރު ތިޔަވަނީ ތަޅުލާފައޭ. އަހަރެންނާ އަހަރެންގެ ގޭގެ އެންމެން މިތިބީ ނިދާށޭ. އަހަންނަށް މި ވަގުތު ތެދުވެގެން ކަލޭ ބޭނުން އެއްޗެއް ހޯދާ ދޭކަށް ނާދެވޭނެއޭ.‘“