ލޫކާސް 11:54 - ކިތާބުލް މުޤައްދަސާ54 އެއީ އެކަލޭގެފާނު މި ސުވާލުތަކަށް ދެއްވަފާނެ ޖަވާބުފުޅަކުން ވެސް އެކަލޭގެފާނު ކުށްވެރި ކުރެވޭނެ ގޮތެއް ފެނޭތޯއެވެ. အခန်းကိုကြည့်ပါ။ |
ދެން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނުގެ އަރިހަށް ބަޔަކު ޖާސޫސް ކުރުމަށް ފޮނުވިއެވެ. އެމީހުން އީސާގެފާނުގެ އަރިހަށް ދިޔައީ ރަނގަޅު ޞާލިޙު ދީންވެރި ބަޔަކު ކަމުގައި ހެދިގެންނެވެ. އަދި މީސްތަކުންގެ ކުރިމަތީގައި އީސާގެފާނުގެ ކިބައިން ކުށެއް ކުރުވޭތޯ ބަލަންވެގެން އެމީހުން އެކަލޭގެފާނާއި މި ސުވާލު ކުރިއެވެ. އެއީ އެމީހުންގެ ބޭނުމަކީ އެކަލޭގެފާނުގެ ކިބައިން ސަރުކާރާއި އިދިކޮޅު ބަހެއް ހޯދުމެވެ. އެއީ އޭރުން އެމީހުންނަށް އެކަލޭގެފާނު ސަރުކާރާއި އިދިކޮޅުވީ ކަމުގެ ކުށުގައި ހައްޔަރު ކުރެވޭނެތީއެވެ.
ނަމަވެސް ތިޔަބޭފުޅާ ޕައުލް އެމީހުންގެ ދީނީކޯޓަށް ފޮނުވުމަށް އެއްބަސްވެ ވަޑައިނުގަންނަވާތި. ސާޅީހަށް ވުރެ ގިނަ ފިރިހެނުން ޕައުލް ގެންދެވޭނެ މަގުގައި އޭނާ މަރާލުމަށް ފިލާ އެބަ ތިބި. އެއީ މި ސާޅީސް ފިރިހެނުން ޕައުލް މަރާލާފަ ނޫނީ އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އެމީހުންގެ ހަށިގަނޑުގެ ތެރެއަށް ނުލާންކަމަށް ހުވާކޮށްފި. އެމީހުން ތިބީ ތިޔަބޭފުޅާ އެމީހުން އެދޭ ފަދައިން ޕައުލް މާދަމާ އެމީހުންގެ ދީނީކޯޓަށް ފޮނުވާނެ ކަމަށް ހީކޮށް ހުރިހާކަމެއް ތައްޔާރު ކޮށްގެން.“