ލޫކާސް 11:52 - ކިތާބުލް މުޤައްދަސާ52 ދީނުގެ ދަންނަބޭކަލުންނޭ. ކަލޭމެންގެ މައްޗަށް ހިތާމަ ހުރި. އެއީ ކަލޭމެން މާތްރަސްކަލާނގެ އަކީ ކޮބައިކަން ދެނެގަތުމުގެ އިލްމުގެ ތަޅުދަނޑި ނަގައިފި. ނަމަވެސް ކަލޭމެން އެތެރެއަށް ވަނުމަށް ބޭނުން ނުވާތާނގައި ވަންނަން ބޭނުންވީ މީހުންނަށް ވެސް އެފުރުސަތު ނުދިނީމު.“ အခန်းကိုကြည့်ပါ။ |
ގަމަލީލުގެ މި ބަސްތަކަށް ބަނީއިސްރާއީލުގެ ވެރިން އެއްބަސްވިއެވެ. ދެން އެމީހުން އީސާގެފާނުގެ މަންދޫބުން އަނބުރާ އެތަނަށް ގެނެސް އެމީހުންގައިގައި ތެޅުމަށް ނިޔާކަނޑައެޅިއެވެ. އަދި ހަމަ އެވަގުތު ބައިތުލް މަޤްދިސްގެ ސިފައިން އެމީހުންގައިގައި ހަންމުށިއެޅިއެވެ. އެއަށް ފަހު ދެން ދުވަހަކު ވެސް އީސާގެފާނުގެ ނަމުގައި އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށް އިންޒާރުކޮށްފައި އީސާގެފާނުގެ މަންދޫބުން ފޮނުވާލިއެވެ.