ލޫކާސް 11:50 - ކިތާބުލް މުޤައްދަސާ50 އެހެންވުމުގެ ސަބަބުން މި ދުނިޔެ އުފެއްދެވީއްސުރެ ގަތުލު ވެ ދިޔަ ހުރިހާ ނަބީބޭކަލުންނެއްގެ މަރުގެ ދިޔައިގެ ޒިންމާ މިޒަމާން އުފުލަން ޖެހޭނެ. အခန်းကိုကြည့်ပါ။ |
ކަލޭމެން އަހަރެން ނޫން ފަރާތަކަށް ސަޖިދަ ޖަހައިގެން ނުވާނެ. ކަލޭމެން އެހެން ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެ. އެހެނީ އަހަރެންނަކީ ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެ. ކަލޭމެން އަހަންނަށް ފުރިހަމައަށް އިޚްލާސްތެރި ވާން ވާނެ. ކަލޭމެންގެ މައިންބަފައިންގެ ފާފައިގެ އަސަރު އެމީހުންގެ ދަރިންގެ މައްޗަށް ވެސް އަހަރެން ފޯރުވާނަން. އެކަމުގެ ސަބަބުން މުޅި އާއިލާއަށް އޭގެ އަސަރު ފޯރައިގެންދާނެ. އަހަރެންނާމެދު ނަފްރަތުވާ މީހެއްގެ ދަރިންނާއި އެދަރިންގެ ތިން ދަރިކޮޅު ހަތަރު ދަރިކޮޅަށް ދާނދެން އެކަމުގެ އަސަރު ފޯރާނެ.