Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 11:49 - ކިތާބުލް މުޤައްދަސާ

49 އެހެންކަމުން ޙިކުމަތްތެރި އެއްކައުވަންތަ މާތްރަސްކަލާނގެ ވަޙީކުރެއްވި. ’⁠ތިމަންކަލާނގެ ތިމަންކަލާނގެ މީހުން ގާތަށް ނަބީންނާއި މަންދޫބުން ފޮނުއްވާނަމޭ. މީސްތަކުން މީގެތެރެއިން އެއްބަޔަކު ގަތުލުކުރާނެއޭ. އަދި މީގެތެރެއިން އަނެއްބަޔަކަށް މީސްތަކުންގެ ކިބައިން ތަފާތު އަނިޔާތައް ލިބޭނެއޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 11:49
27 ပူးပေါင်းရင်းမြစ်များ  

ބައެއް މީސްތަކުން ނޯކަރުން އަތުލައިގަނެ ތަޅާ އަނިޔާކޮށް އެމީހުން މަރާލި.


އަދި މި ގޮވާލެއްވުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ގޮވާލެވޭނެ. މި ގޮވާލެއްވުމަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙުގެ ނަންފުޅުގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމުން އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމުގެ ގޮވާލެއްވުން. މި ގޮވައިލެއްވުން ދުނިޔޭގެ ޤައުމުތަކަށް ފެތުރޭނީ ޖެރޫސަލަމުން.


ކަލޭމެން ދީނީ މަރުކަޒުތަކުން ބޭރުކޮށްލެވޭނެ. އަދި ކޮބާ، ކަލޭމެން މެރުމަކީ މާތްރަސްކަލާނގެ ކިބަފުޅަށް ކުރެވޭ ހެޔޮކަމެއް ކަމުގައި މީސްތަކުން ދެކޭނެ ފަދަ ދުވަހެއް ވެސް އެބައާދޭ.


ނަމަވެސް މާތްރޫޙުފުޅު ކަލޭމެންގެ މައްޗަށް ވޮޑިގެންވުމުން ކަލޭމެންނަށް މާތްރޫޙުފުޅުގެ ބާރުލިބޭނެ. އަދި އޭރުން މުޅި ޖެރޫސަލަމުގައާއި، ޖުދެއާކަރައިގެ ތެރޭގައާއި، ސަމީރިއްޔާގައާއި، އަދި ދުނިޔޭގެ ހުރިހާ ޤައުމެއްގަ ވެސް ކަލޭމެން ތިމަންކަލޭގެފާނާއި ބެހޭ ގޮތުން އެންމެންނަށް އަންގައިދީ ފާޅުކޮށް ދޭނެ.⁠“


އެދުވަސްވަރު މާތްރަސްކަލާނގެ އެންގެވި ވަޙީގެ ބަސްފުޅެއް ހާމަކޮށް އެންގެވުމަށް ޖެރޫސަލަމުން ނަބީންގެ ބަޔަކު އަންތީޔޮކުއަށް އައެވެ.


އަދި މާތް ސާހިބާ އާއި ބެހޭ ގޮތުން ވާހަކަދައްކާ މީސްތަކުންނަށް އަންގައިދީ އުޅުނު އިސްތިފާނު ގައިގައި ގަލުން ތަޅާ މަރާލިއިރު ވެސް އަޅުގަނޑު އެތާނގައި އެބައިމީހުންނާއި އެއްކޮޅުވެ އެމީހުންނަށް ތާއީދު ކުރަން ހުރީމޭ، އަދި އެ ގަލުން ތެޅި މީހުންގެ ކޮނޑުގައި ވީ ފޮށާތައް ވެސް ބެލެހެއްޓީ ވެސް ހަމަ އަޅުގަނޑޭ.⁠‘


ހަމައެވަގުތު ބަނީއިސްރާއީލުގެ ދީނީކޯޓުގައި ވީ އެންމެން އިސްތިފާނުގެ އެ ވާހަކަތަކުގެ އަޑުނާހަން ވެގެން ކަންފަތުގައި އަތް އަޅާ ހަޅޭއްލަވަން ފެށިއެވެ. އަދި އެންމެން އެއްފަހަރާ އޭނާއާ ދިމާޔަށް ދުއްވައިގަތެވެ.


ނަމަވެސް ޝާއުލް އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުން ނައްތާލުމަށް މަސައްކަތް ކުރިއެވެ. އޭނާ އެމީހުންގެ ގޭގެއަށް ގޮސް އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ގަދަ ބާރުދައްކާ އެމީހުން ޖަލަށް ލިއެވެ.


އަހަރެމެންގެ ތެރެއިން މަންދޫބުންގެ ގޮތުގައާއި، ނަބީންގެ ގޮތުގައާއި، ދިންނެވުން ލިބޭ އުފާވެރި ޚަބަރު ފާޅުކުރާ މީހުންގެ ގޮތުގައާއި، ދީނީ އިރުޝާދުވެރިންނާއި އަދި އެދުރުންގެ ގޮތުގައި އަލްމަސީޙު ބައެއް ފަރާތްތައް ޚިޔާރު ކުރެއްވިއެވެ.


އެކަލޭގެފާނީ މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ހުރިހާ ހިކުމަތާއި އިލްމު ހިމެނޭ ޚަޒާނާތަކުގެ ތަޅުނދަނޑި ވެސް މެއެވެ.


އެމީހުން އިނބަރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާއި ނަބީއިންގެ ލޭ އޮހޮރުވި. އޭގެ ސަބަބުން އިނބަރަސްކަލާނގެ އެމީހުންނަށް ލޭ ބޯން ދެއްވި. އެމީހުންނަށް އެލިބެނީ އެމީހުންނަށް ޙައްޤުވާ ސަޒާ.⁠“


ސުވަރުގޭގެ އަހުލުވެރިން އުފަލުގައިވާށެވެ. އެހެނީ އެ ސަހަރުގެ ނިމުން ހުރިގޮތާއި މެދު ވެސްމެއެވެ! މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ނަބީބޭކަލުންނާއި މަންދޫބުން އުފަލުގައިވާށެވެ. އެހެނީ ތިޔަބައިމީހުންނާއި މެދު އެ ސަހަރު އަމަލުކުރި ކުރުމުގެ ޢުޤޫބާތް މާތްރަސްކަލާނގެ އެ ސަހަރަށް ދެއްވައިފިއެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ