ލޫކާސް 11:47 - ކިތާބުލް މުޤައްދަސާ47-48 ކަލޭމެންނަށް ހިތާމަ ހުރި. އެއީ ކަލޭމެން ރަސޫލުންނާއި ނަބީބޭކަލުންނަށްޓަކައި މަޤާމްފުޅުތައް ބިނާކުރޭ. އެކަމަކު އެރަސޫލުންނާއި ނަބީބޭކަލުން ގަތުލުކުރީ ހަމަ ކަލޭމެންގެ ކާބަފައިން. ކަލޭމެންގެ ކާބަފައިން އެކަން ކުރިގޮތާ ކަލޭމެން ވެސް އެއްބަސްވޭ. އެކަމަކު ކަލޭމެން އެރަސޫލުންނާއި ނަބީބޭކަލުންނަޓަކާ ބޮޑެތި މަހާނަތައް ތައްޔާރު ކުރޭ. အခန်းကိုကြည့်ပါ။ |
އިސްތިފާނު ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ”ކަލޭމެންނަކީ ގޮތް ދޫ ނުކުރާ ޖާހިލު މާތްރަސްކަލާނގެ ކިބަފުޅަށް އީމާން ނުވާ ބައެއް. ކަލޭމެންގެ ކަންފަތްތައް ތިޔަ ވަނީ ބަންދުވެފަ. އެހެން ކަމުން ކަލޭމެންނަކަށް މާތްރަސްކަލާނގެ ބަސްފުޅުގެ އަޑެއް ނީވޭ. ކަލޭމެން އަބަދުވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅުވެރިވޭ. ކަލޭމެންގެ ކާބަފައިން ވެސް ކަން ކުރީ ހަމައެފަދައިން.
އެހެނީ އެ ބަނީއިސްރާއީލުން މާތްސާހިބާ އީސާގެފާނު ގަތުލު ކުރެއްވިއެވެ. އަދި ނަބީބޭކަލުން ވެސް މެއެވެ. އަދި އެބައިމީހުންގެ ޤައުމު ދޫކޮށް އަހަރެމެން ދިއުމަށް ވެސް އެބައިމީހުން މަޖުބޫރުކުރިއެވެ. އަދި އެބައި މީހުން ޚިޔާރު ކުރީ މާތްރަސްކަލާނގެ ރުހިވޮޑި ނުގަންނަވާނެ ގޮތެވެ. އަދި އެބައިމީހުން މުޅި އިންސާނީ ދަރިކޮޅާއި ދެކޮޅުވެރި ވެގަތެވެ.