Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 11:45 - ކިތާބުލް މުޤައްދަސާ

45 އެތާ އިން ދީނުގެ ދަންނަބޭކަލަކު ބުންޏެވެ. ”⁠އެދުރު ކަލޭގެފާނު. ކަލޭގެފާނު ތިޔަކަހަލަ އެއްޗެތި ވިދާޅުވީމާ އަޅުގަނޑުމެންނަށް ވެސް ބަދުނާމު ނަން ލިބޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 11:45
11 ပူးပေါင်းရင်းမြစ်များ  

ފަރީސީނުގެ ތެރޭގައި ތައުރާތުގެ އަމުރުފުޅުތަކަށް ވަރަށް ގާބިލު މީހަކު ވިއެވެ. އީސާގެފާނު އިމްތިޙާނު ކޮށްލެއްވުމުގެ ގޮތުން އޭނާ އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ދީނުގެ ދަންނަބޭކަލުންނަށް ވެސް ހުރި ހިތާމައިގެ ބޮޑުކަމާއެ. އެއީ ކަލޭމެން މީހުންގެ ކޮނޑުގައި އެމީހުންނަށް ނޫފުލޭ ވަރުގެ ދީނީ ގަވާއިދުތަކުގެ ބޮޑެތި ބުރަތައް އަޅުވާ. އެކަމަކު ކަލޭމެން އެބުރަތައް ލުއިކޮށްދިނުމަށް އެއްވެސް އެހީއެއް ނުވޭ.


ދީނުގެ ދަންނަބޭކަލުންނޭ. ކަލޭމެންގެ މައްޗަށް ހިތާމަ ހުރި. އެއީ ކަލޭމެން މާތްރަސްކަލާނގެ އަކީ ކޮބައިކަން ދެނެގަތުމުގެ އިލްމުގެ ތަޅުދަނޑި ނަގައިފި. ނަމަވެސް ކަލޭމެން އެތެރެއަށް ވަނުމަށް ބޭނުން ނުވާތާނގައި ވަންނަން ބޭނުންވީ މީހުންނަށް ވެސް އެފުރުސަތު ނުދިނީމު.⁠“


ނަމަވެސް ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން މާތްރަސްކަލާނގެ އެމީހުންނަށް ދެއްކެވި މަގަށް ފުރަގަސް ދިނެވެ. މިމީހުން ޔަޙުޔާގެފާނާއި އެކު ތައުބާގެ ހިނެވުމުން ހިނައެއް ނުގަނެއެވެ.


އެއްވެސް ފަރީސީޔަކު ނުވަތަ ބަނީއިސްރާއީލުގެ ވެރިންގެ ތެރެއިން މީހަކު އޭނާ ގަބޫލު ކޮށް އީމާންވެއްޖެތަ؟


ދުނިޔޭގެ މީސްތަކުންނަކަށް ކަލޭމެން ދެކެ ނަފުރަތެއް ނުވެވޭނެ. ނަމަވެސް އެމީހުން އަހަރެން ދެކެ ރުޅިއައިސް އަހަރެންނަށް ނަފްރަތުކުރޭ. އެއީ އެމީހުން ކުރާ ނުބައިކަންތައް އެމީހުންނަށް ދައްކައި ހާމަކޮށްދޭތީ.


އީސާގެފާނު މިހެން ވިދާޅުވިއިރު އެކަލޭގެފާނާއި ކައިރީގައި ތިބި ބައެއް ފަރީސީންނަށް މި އަޑު އިވިގެން ބުންޏެވެ. ”⁠އެހެންވިއްޔާ ތިޔަ ބުނަނީ އަހަރެމެންނަކީ ވެސް ލޯ އަނދިރި މީހުންނޭ ތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ