Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 11:42 - ކިތާބުލް މުޤައްދަސާ

42 ކަލޭމެން ފަރީސީނުގެ މައްޗަށް ހިތާމަ ހުރި. އެއީ ކަލޭމެން ގެ އާމްދަނީން ދިހަބައިކުޅަ އެއްބައި ކަލޭމެން މާތްރަސްކަލާނގެ ކިބަފުޅަށްޓަކައި ހޭދަކުރޭ. އަދި މުހިންމު ނޫން އެތައް ކުދި ކުދި ކަންތައްތަކެއް ކުރުމަށް ކަލޭމެން ވަރަށް ފަރުވާ ބަހައްޓާ. އެކަމަކު ކަލޭމެން މީސްތަކުންނާ ދޭތެރޭ އެއްވެސް އިންސާފެއް ނުބަހައްޓާ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކަލޭމެން އެއްވެސް ލޯތްބެއް ނުވޭ. ކަލޭމެން ކުރަންވީކަމަކީ ފަހުން މިބުނިކަންތައް ފަރުވާތެރިކަމާއި އެކު ކޮށް ކުރިން ކުރަމުން ތިޔަ ގެންދިޔަ ކަންތައް ހުއްޓާނުލާ ކުރިއަށް ގެންދަންވީ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 11:42
22 ပူးပေါင်းရင်းမြစ်များ  

މީހުން ކުރާ އަޅުކަމުގެ ޤުރުބާނީއަކަށް ވުރެން މީހުން ރަނގަޅު އުޅުމެއް އުޅުމުން މާތްރަސްކަލާނގެ މާ އުފާވެރިވެ ވޮޑިގަންނަވައެވެ.


”⁠ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެންނީ މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދޮރުކޮޅު މީސްތަކުންނަށް ބަންދުކޮށްގެން ތިބި މީހުން. ކަލޭމެން އަމިއްލައަކަށް ވެސް އެތަނަކަށް ނުވަން، އަދި ވަންނަން ދާ މީހުން ވަނަކަވެސް ނުދޭ!


ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! ކަލޭމެންގެ އާމްދަނީގެ ތެރެއިން ނުވަތަ ކަލޭމެންގެ ހަވާދު ދަނޑުގައިވާ ކުދީނާ އާއި ދަމުއި އާއި ދިރީގެ ބާވަތްތަކުން ވިޔަސް ދިހަބައިކުޅަ އެއްބައި މާތްރަސްކަލާނގެ ކިބަފުޅަށް ޚާއްސަކުރައްވައި ކަލޭމެން ހުށަހަޅަން. ނަމަވެސް ތައުރާތުގައި ބަޔާންވެގެންވާ އެންމެ މުހިންމު އުނގަންނައިދިނުންތައް ކަމުގައިވާ އިންސާފާއި، ރަޙުމަތާއި، ތެދުވެރިކަމާއިމެދު ކަލޭމެން ވަނީ އުރެދިފަ. ކަލޭމެންގެ ތަކެތިން ދިހަބައިކޮއް އެއްބައި ދިނުމަކީ ކުރަންޖެހޭނެ ކަމެއް. އެހެންވިޔަސް އެއީ އެއަށްވުރެ މުހިންމު ކަންތައްތައް ނުކޮށެއް ނޫން.


ދީނުގެ ދަންނަބޭކަލުނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤު ބައެއް! ކަލޭމެންނަކީ ހުދުކުލަ ލެވިފައިވާ މަހާނަތަކެއް ފަދަ ބައެއް. އެ މަހާނަތަކުގެ ބޭރު ރީތި ކަމުގައި ވިޔަސް އެ މަހާނަތަކުގެ އެތެރޭގައި ވަނީ މަރުވެފައިވާ މީސްތަކުންގެ ކަށިތަކުންނާއި ނަޖިހުން ފުރިފަ.


މި އަޅާ ހަފްތާއަކު ދެދުވަހު ރޯދަ ހިފަމޭ. އަދި މިއަޅާއަށް ލިބޭ އާމްދަނީގެ ދިހަބައި ކުޅަ އެއްބައިން ސަދަޤާތް ވެސް ދެމޭ.⁠‘


ނަމަވެސް އަހަރެން ދަންނަން ކަލޭމެންގެ ގޮތް. ކަލޭމެންގެ ހިތުގައި މާތްރަސްކަލާނގެ ކިބަފުޅަށް ލޯތްބެއް ނުވޭ.


އަހަރެމެން މާތްރަސްކަލާނގެ އާއިމެދު ލޮބުވެތި ވަމޭ ބުނެ އަހަރެމެން މަސީޙީން އެކަކުއަނެކަކު ދެކެ ލޯބި ނުވާނަމަ އަހަރެމެން ވާނީ ދޮގުވެރިން ކަމުގައެވެ. އެހެނީ އަހަރެމެންނަށް ފެންނަން ތިބި އަޚުންނާ އުޚުތުން ދެކެ ލޯބި ނުވެވޭނަމަ އަހަރެމެންގެ ލޮލަށް ނުފެންނަ ކަލެއް ދެކެ ލޯބިވެވޭނެ ހެއްޔެވެ؟


އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެއަށް ޤުރުބާންކޮށް ވެދުން ހުށަހެޅީމަ އެކަލާނގެ މާބޮޑު އުފާފުޅެއް ވޭތަ؟ އެކަލާނގެއަށް ޤުރުބާނީއެއް ހުށަހެޅުމަށް ވުރެން އެކަލާނގެއަށް މުހިންމީ ކިޔަމަންތެރިކަން. ފިރިހެން ކަންބަޅިއެއްގެ ބޮޑު ސަރުބީގަނޑެއް އަންދައި އެކަލާނގެ އަށް ކުރާ ވެދުމަކަށް ވުރެން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާ ކުރުން މާ މުހިންމު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ