40 އޭ ނުވިސްނޭ މީހުންނޭ. ތަށީގެ އެތެރެ ހެދީ ތަށީގެ ބޭރު ވެސް ހެދިމީހާ. އިންސާނާގެ ހަށިގަނޑު ހެއްދެވި ފަދައިން އިންސާނާގެ ފުރާނަ ވެސް ހެއްދެވީ ހަމަ މާތްރަސްކަލާނގެ.
ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”މިހާރު އަހަރެމެންގެ ސޫރައިގައި އަހަރެމެންނާ އެއް ސިފައިގައި އިންސާނާ އުފައްދާނަން! އަދި އެއިންސާނުންނަށް ކަނޑުގައިވާ މަސްތަކާއި ޖައްވުގައިވާ ދޫނިސޫފާސޫފިތަކާއި ބިމުގައިވާ ޖަނަވާރުތަކާއި އަދި އެހެން ވެސް މި ދުނިޔޭގައިވާ ނަމަ ވާހައި އެއްޗެއްގެ ވެރިކަން ދޭނަން.“
މަތިވެރިރަސްކަލާނގެ ބިމުގެ ހިރަފުހުން އިންސާނާ އުފެއްދެވިއެވެ. އަދި އެ އިންސާނާގެ ނޭފަތުގެ ތެރެއަށް ދިރުމުގެ ނޭވާފުޅެއް ލެއްވިއެވެ. އެވަގުތު އިންސާނާއަށް ދިރުން ލިބުނެވެ.
”އޭ މޮޔައިންނޭވެ! ކަލޭމެން ތިޔަ މޮޔަކަން މަތީ ތިބޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އިލްމަށް ކަލޭމެން ފުރަގަސްދީ މަލާމާތްކުރުން ހުއްޓާލާނީ ކޮން އިރަކުން ހެއްޔެވެ؟
ޖާހިލުންނޭވެ. ވިސްނާ ފިކުރުކުރާށެވެ. މޮޔައިންނޭވެ. ދެނެގަނެ ފަހުމު ކުރާށެވެ.
އޭ ކަނު މޮޔައިންނޭ! ކަލޭމެންނަށް ބޮޑަށް މުހިންމު ވަނީ ކޮންއެއްޗެއްތަ؟ ގެކޮޅުގައި ހުންނަ ރަންތަ؟ ނޫނީ އެރަން ކަރާމަތްތެރިކުރުވާ އަޅުކަމުގެ ގެކޮޅުތަ؟
އޭ ލޯކަނު ފަރީސީންނޭ! ކަލޭމެންގެ ޖޯޑާއި ކާތަށީގެ އެތެރެ ފުރަތަމަ ސާފުކުރޭ. އޭރުން ބޭރު ވެސް ހުންނާނީ އޭގެ ޒާތުގައި ސާފުވެފައި.
ފަހެ މާތްރަސްކަލާނގެ ވަޙީ ކުރެއްވި. ’އޭ ބުދިއެއް ނެތް ނުވިސްނޭ މީހާއޭ. ހަމަ މި ރޭ ތިމަންކަލާނގެ ކަލޭގެ ފުރާނަ ގެންދަވާނަމޭ. ދެން ކަލޭގެ އަމިއްލަ ފައިދާއަށްޓަކައި ރައްކާ ކޮށް ބަހައްޓައިފައިވާ ހުރިހާ ތަކެތި ލިބޭނީ ކާކަށް ހޭ؟‘“
އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެންނަކީ ވަރަށް މޮޔަ ބައެއް. ނަބީބޭކަލުން ދެއްކެވި ވާހަކަފުޅުތައް ވެސް ގަބޫލުކުރަން ކަލޭމެންނަށް ވަރަށްގިނަ ވަގުތު ނަގާ.
އަހަރެމެންގެ އިންސާނީ ބައްޕަ އަހަރެމެންނަށް އަދަބު ދެއްވުމުން ވެސް އަހަރެމެން ކުރަނީ އިޙުތިރާމެވެ. ވީއިރު އަހަރެމެންގެ ރޫހާނީ ބައްޕައަށް މާބޮޑަށް ވެސް ބޯލަނބައި ދާއިމީ ދިރިއުޅުމެއް ލިބި ނުގަންނަންވީ ކީއްވެހެއްޔެވެ؟