Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 11:36 - ކިތާބުލް މުޤައްދަސާ

36 ކަލޭގެ ހިތާއި ދިރިއުޅުމުގެ އެއްވެސް ބައެއް އަނދިރި ކަމުގައި ނުވަނީ ނަމަ ކަލޭ ވާނީ އަލިކަމުގެ ތެރޭގަ. އޭރުން އަލިގަދަ ބައްތިއެއްގެ އަލި ކަލޭގެ މައްޗަށް އެޅިފައިވާ ފަދައިން ކަލޭ ވިދާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 11:36
22 ပူးပေါင်းရင်းမြစ်များ  

ވިސްނުންތެރީން އަދި އެއަށް ވުރެން ވެސް ވިސްނުންތެރިވެދެއެވެ. ތިމާއަކީ ހުޝިޔާރު މީހެއް ނަމަ ކަންކަން އިތުރަށް ދަސްވެދެއެވެ.


މާތްރަސްކަލާނގެ މީހާގެ ރޫޙުގެ ފުންމިނަށް އަލިކޮށް ބައްލަވާ ވޮޑިގަންނަވައެވެ. އޭނާގެ ޒަމީރުގައި ފޮރުވިފައިވާ އެއްޗެއް އެކަލާނގެއަށް ފާޅުވެ ފެންނަން ހުރެއެވެ.


އެއަމުރުތަކީ ކަލޯގެ ދިރިއުޅުމަށް އަލިކޮށްދޭ ދަންމަރެވެ. އެއިން ކަލޯ ހިނގާ މަގަށް އަލިކޮށްދީ ކަލޯ ތަރުބިއްޔަތު ކުރެއެވެ.


އިތުރަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ވީމާ މާތްރަސްކަލާނގެ ރަސްކަންފުޅުގައިވާ މި ތަކެއްޗަށް އީމާންވާ ދީނުގެ ކޮންމެ ދަންނަބޭކަލަކު ވާންޖެހޭނީ ގަދީމީ އަދި އާ ޚަޒާނާތައް ގުދަން ކޮށްފައިވާ ޢިމާރާތެއްގެ ވެރިފަރާތެއް ފަދައިން. އަދި ގަދީމީ ޚަޒާނާތަކާއި އަދި އާ ޚަޒާނާތައް މީސްތަކުންގެ ކުރިމައްޗަށް ނެރެ ދެއްކޭފަދަ މީހެއް ކަމުގައި.⁠“


އަދި ބޯތައްޓެއްގެ ދަށަށްލައި މީސްތަކުން ބައްތިއެއް ނުފޮރުވާނެ. އެމީހުން އެ ބައްތި އަޅުވާނީ ބައްތި އަޅުވާ ހަރުގައި. އޭރުން ގޭގައި ތިބި ހުރިހާ އެންމެންނަށް އެ ބައްތީގެ އަލިކަން ލިބިދޭނެ.


ވީމާ ވިސްނައިގެން އުޅޭ. ކަލޭމެންގެ ކިބައިގައި ވާ އަލިކަން އަނދިރި ކަމަށް ބަދަލުވިޔަ ނުދޭތި. އަނދިރި ކަން އެއީ އަލިކަން ކަމުގައި ހީނުކުރާތި.


އީސާގެފާނު ވާހަކަފުޅުދައްކަވާ ނިމިވަޑައިގަތުމުން އެތާނގައި ތިބި ފަރީސީނުގެ މީހަކު އެކަލޭގެފާނަށް އޭނާގެ ގެއަށް ކެއުމަށް ދަޢުވަތު ދެއްވިއެވެ. ދެން އެކަލޭގެފާނު އޭނާއާއި އެކު ވަޑައިގެން އެގޭގެ ކާމޭޒު ދޮށުގައި އިށީނދެވަޑައިގެންނެވިއެވެ.


އަދި އޭރުން ކުޑަކުދިން ފަދައިން އަހަރެމެން އަމަލުކުރުން ހުއްޓާލާނެއެވެ. އެހެނީ މިސްރާބު ގެއްލިފައިވީ އުޅަނދެއް ފަދައިން ވަޔާއި އޮއިގެ ތެރޭގައި ދެއަތަށް ކިރިކިރި އޮންނަ އުޅަނދެއްފައިން ނުވާނެއެވެ. ހަމައެހެންމެ މީސްތަކުންގެ ދޮގު ފަތުވާތަކުންނާއި މަކަރުވެރިކަމުގެ ނުފޫޒެއް ނުފޯރުވޭނެއެވެ.


އީސާއަލްމަސީޙުގެ ރިސާލަތު އޭގެ މުއްސަނދިކަމާއެކު ތިޔަބައިމީހުންގެ ކިބައިގައި އެކުލަވާށެވެ. އަދި އެކަކު އަނެކަކަށް އޭގެ ޙިކުމަތްތައް ކިޔައިދީ ވިސްނައިދީ ހަދާށެވެ. މިއާއެކު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވައި މަދަހަ ސަނާ ކިޔައި ރޫހާނީ ލަވަޔާއި ތަރާނާތައް ކިޔަމުން ދާށެވެ.


ހަރު ކާނާ ކެވޭނީ ބޮޑުވެ ތަސައްރަފު ފުދުނީމައެވެ. ހެޔޮނުބައި ވަކިކޮށް ދެނެގަތުމުގެ ތަމްރީނު ދެވުނީމައެވެ.


ނަމަވެސް މާތްރަސްކަލާނގެ ދެއްވި ފުރިހަމަ ޤާނޫނު ފަރުވާތެރިކަމާއެކު ބެލުމުން ކަލޭމެންނަށް މިނިވަންކަން ލިބިދެއެވެ. އެއީ ޤާނޫނުގައި ބުނާ ފަދައިން ކަލޭމެން އަމަލުކޮށް އަދި އޭގައިވާ ތަކެތީގެ އަޑުއަހައި ހަނދާން ނައްތައި ނުލާނަމައެވެ. އޭރުން މާތްރަސްކަލާނގެ ކުރާ ހުރިހާ ކަމެއްގައި ރަޙުމަތް ލައްވައެވެ.


އަދި އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙު ދެއްވާ ނިޢުމަތާއި ޢިލްމާއިއެކު ހެދި ބޮޑުވަމުން ދިއުމަށެވެ. އެންމެހައި ޖަލާލަތުކަމެއް މި ހިނދު ގައްޔާއި އަދި އަބަދުގެ އަބަދަށް ވާހުށީ އެކަލޭގެފާނަށެވެ! އާމީން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ