Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 11:34 - ކިތާބުލް މުޤައްދަސާ

34 ކަލޭގެ ލޮލަކީ ކަލޭގެ ހަށިގަނޑުގެ ބައްތި. ކަލޭގެ ލޯ ރަނގަޅު ނަމަ ކަލޭގެ މުޅި މޫނު ވެސް އަލިވާނެ. ނަމަވެސް ކަލޭގެ ލޯ ނުބައި ނަމަ ކަލޭގެ މުޅި ހަށިގަނޑު ވެސް ވާނީ އަނދިރިކަމުގެ ތެރޭގަ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 11:34
28 ပူးပေါင်းရင်းမြစ်များ  

ދެން އެމަލާއިކަތުން އެތާނގައި ވީ އެންމެންގެ ލޯތައް އަނދިރި ކުރެއްވިއެވެ. އެހެންކަމުން އޭގެން އެކަކަށް ވެސް ދޮރެއް ނުފެނުނެވެ.


ބޮޑާ ބެލުންތަކާއި ކިބުރުވެރި ހިތްތަކާއި ފާހިޝް އަމަލުތަކީ ހުސް ފާފައެވެ.


ދަހި މީހުން އަވަސްގޮތަކުން މުއްސަނދިވާން އުޅެއެވެ. އެކަމަކު އެމީހުން އެދަނީ ފަގީރު ކަމާ ދިމާއަށް ކަމެއް އެމީހުންނަކަށް ނޭނގެއެވެ.


އެއީ ބާވައިލެއްވިގެންވީ ފަދައިން. ’⁠އެބައިމީހުން ބަލައި ހޯދި ނަމަވެސް އެމީހުންނަކަށް އެއެއް ނުފެންނާނެ. އެބައިމީހުންނަށް އަޑު އިވި ސަމާލުކަން ދިން ކަމުގައިވިޔަސް އެމީހުންނަކަށް އެއެއް ނުވިސްނޭނެ. އެބައިމީހުން ބަލައި ވިސްނައިފިނަމަ އެބައިމީހުން މާތްރަސްކަލާނގެއަށް އެނބުރުނީސް. އަދި އެފަދައިން އެމީހުން އަމަލު ކުރިނަމަ އެކަލާނގެ ފާފަ ފުއްސަވައި ދެއްވީސް.⁠‘⁠“


ކައިވެނީގައި ތެދުވެރި ނުވުން، ދަހިވެތިކަން، އަނިޔާވެރިކަން، ޚިޔާނާތްތެރިކަން، ވަޙުޝީ ނުބައި އަމަލުތައް ކުރުން، ޙަސަދަވެރިކަން، ބަދުނާމުކުރުން، ބޮޑާކަމާއި ކިބުރުވެރިކަން، ޖާހިލުކަން.


ތިޔަބައިމީހުންނަށް ލޯ ދެއްވި. ތިޔަބައިމީހުންނަށް ނުފެންނަނީ ކީއްވެ؟ ތިޔަބައިމީހުންނަށް ކަންފަތް ދެއްވި. ކީއްވެ އެކަންފަތުން އަޑުނާހަނީ؟ ފަސް ބޯރޮށި ފަޅިކޮށް ފަސްހާސް މީހުންނަށް ކާންދިން ގޮތް ތިޔަބައިމީހުން ހަނދާނެއް ނެތްތަ؟ ތިޔަބައިމީހުން ބާކީ ހުރި ތަކެތި ނަގައި ކިތައް ވަށިގަނޑު ފުރާ އެޅިންތަ؟⁠“ އެބޭކަލުން ޖަވާބު ދެއްވިއެވެ. ”⁠ބާރަ.⁠“


ވީމާ ވިސްނައިގެން އުޅޭ. ކަލޭމެންގެ ކިބައިގައި ވާ އަލިކަން އަނދިރި ކަމަށް ބަދަލުވިޔަ ނުދޭތި. އަނދިރި ކަން އެއީ އަލިކަން ކަމުގައި ހީނުކުރާތި.


މާތްރަސްކަލާނގެ ކޯފާފުޅު ކަލޭގެ މައްޗަށް ލެއްވިއްޖެ. ދުވަސްކޮޅަކަށް ކަލޭގެ ލޮލުގެ އަލިކަން މުޅިން ގެއްލޭނެ. އެންމެ ކުޑަ ވެގެން އިރުގެ އަލިކަން ވެސް ކަލެއަކަށް ނުފެންނާނެ.⁠“ ހަމައެވަގުތު އެލީމާހުގެ ލޮލަށް އަނދިރި ވެއްޖެއެވެ. އޭނާ އަތުގައި ހިފައިގެން ގެންގޮސްދޭނެ މީހަކު ވޭ ތޯ ބަލަން ވަށަވަށައިގެން އޭނާ އަތް އުކަން ފެށިއެވެ.


ކޮންމެ ދުވަހަކުމެ ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ޖަމާވެ އެތާނގައި އެމީހުންގެ ބައްދަލުވުންތައް ބާއްވައެވެ. އަދި ކޮންމެ ދުވަހަކުމެ އެމީހުންގެ ގޭގޭގައި އެކުގައި ކައްކާ އުފަލާއި ހަމަޖެހުމާއި އެކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކައި ކައިހަދައި އުޅުނެވެ.


ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.⁠‘⁠“


އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ، ތިޔަބައިމީހުންނަށް ރޫޙާނީ ޙިކުމަތްތެރިކަމަކާއި އަދި ފުރިހަމަ އިލްހާމެއް ދެއްވުމަށް އެދިދަންނަވަމެވެ. އޭރުން ތިޔަބައިމީހުންނަށް އެކަލާނގެ ފުރިހަމައަށް އެނގިގެންވާނެއެވެ.


އަޅުންނޭވެ. ތިޔަބައިމީހުންގެ ސާހިބުންނާއި މެދުގައި މި ދުނިޔޭގައި ބިރުވެތިވެ، ހިތުގެ ފުންމިނުން އިޙުތިރާމާއެކުގައި ކިޔަމަންތެރިކަން އަދާކުރާށެވެ. އެއީ ތިޔަބައިމީހުން އަލްމަސީޙަށް ކިޔަމަންތެރިވެ ޚިދުމަތްކުރާ ފަދައިންނެވެ.


އަޅުންނޭވެ! ތިޔަބައިމީހުންގެ ދުނިޔެވީ ސާހިބުންނަށް ހުރިހާ އިރެއްގައި ވެސް ކިޔަމަންތެރިވާށެވެ. ހަމަ އެކަނި މީހުންގެ ލޯމައްޗަކު އެކަންޏެއް ނޫނެވެ. އަދި މީހުންގެ ރުހުން ހޯދުމަކަށެއް ވެސް ނޫނެވެ. އެކަމަކު އެއީ މާތްސާހިބާ އަށް ޤަދަރުކޮށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިން އެދިގެން ކުރާ ކަމެއްގެ ގޮތުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ