Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 11:32 - ކިތާބުލް މުޤައްދަސާ

32 ޤިޔާމަތް ދުވަހުން ނީނަވާގެ މީހުން ވެސް ކަލޭމެންނާއި އިދިކޮޅަށް ދަޢުވާ ކުރާނެ. އެއީ ޔޫނުސްގެފާނު އެމީހުންނަށް އެންގެވި އެންގެވުމުގެ އަޑުއަހާ އެމީހުން ތައުބާ ވި. އެކަމަކު މިހާރު މިތާނގައި މި ވާނީ ޔޫނުސްގެފާނަށް ވުރެ މާ މަތިވެރި ބޭކަލެއް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 11:32
9 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު އެރަށަށް އަރައިވަޑައިގެންނެވި ފުރަތަމަދުވަހު މި ފަދައިން އިންޒާރު ދެއްވިއެވެ. ”⁠ސާޅީސް ދުވަހުގެ ތެރޭގައި މި ރަށް ނެތި ހަލާކުވެދާނެ.⁠“


ނީނަވާގެ އަހުލުވެރިން މާތްކަލާނގެ ކިބަފުޅުން އައި އިންޒާރު އަޑު އަހައި ކިޔަމަންގެންފިއެވެ. އަދި ކުޑައިން ބޮޑަށް އެންމެހައި މީހުން ކެއުން ބުއިން ހުއްޓާލައި މޮޅީން މޮޅި ސާލު ލައި ރޯދަޔަށް ތިބެއްޖެއެވެ.


ދެން މާތްކަލާނގެ ޔޫނުސްގެފާނާ ސުވާލު ކުރެއްވިއެވެ. ”⁠އޭ ޔޫނުސް! އެ ގަސް މަރުވީތީ އެކަމާ ކަލޭގެފާނު ރުޅިއަންނަން އޮތީ ކޮން ޙައްޤެއް؟⁠“ ޔޫނުސްގެފާނު ދެންނެވިއެވެ. ”⁠ރުޅިއާދެވޭ! އެގަސް މަރުވީތީ މިއަޅާ މަރުވާހާ ވަރަށް އެބަ ރުޅި އާދެވޭ.⁠“


ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠ނުބައި އަދި ވަފާތެރިކަމެއް ނެތް މީހުން ނިޝާނެއްގެ ގޮތުން މުޢުޖިޒާތަކަށް އެދޭނެ. ނަމަވެސް ކަލޭމެންނަށް ލިބިދީފައިވާ ހަމައެކަނި މުޢުޖިޒާތީ ޢަލާމާތަކީ ނަބީ ޔޫނުސްގެފާނު ދެއްކެވި މުޢުޖިޒާތުގެ ޢަލާމާތް.


ޤިޔާމަތް ދުވަހު ނީނަވާގެ އަހުލުވެރިން ކަލޭމެންނާއި ދެކޮޅަށް ތެދުވާނެ. އަދި އެބައިމީހުން ކަލޭމެން ކުށްވެރި ކުރާނެ. ޔޫނުސްގެފާނު އެބައިމީހުންނަށް ވަޢުޡު އިއްވެވި ހިނދު އެބައިމީހުން މަޢާފަށް އެދި ތައުބާވެ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނު. އަހަރެން ކަލޭމެންނަށް ބުނަން. މިތަނުގައި މިހާރު މިވަނީ ޔޫނުސްގެފާނަށް ވުރެން މާމަތިވެރިވެގެންވާ ފަރާތެއް.


ޤިޔާމަތް ދުވަހުން ދެކުނުގެ މަތިވެރި ރާނީ ކަލޭމެންނާއި ދެކޮޅަށް ދަޢުވާ ކުރައްވާނެ. އެކަމަނާ ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް ސުލައިމާނުގެފާނުގެ ޙިކުމަތްތެރި ބަސްފުޅުގެ އަޑުއެހުމަށްޓަކައި ދަތުރުކުރެއްވި. ނަމަވެސް ކަލޭމެންގެ ގާތުގައި މިހާރު މި ވަނީ ސުލައިމާނުގެފާނަށް ވުރެ ވެސް މަތިވެރިބޭކަލެއް. ނަމަވެސް ކަލޭމެން އޭނާގެ ބަހުގެ އަޑެއް ނާހާ.


އީސާގެފާނަކީ އަހަރެމެންގެ ބޭނުން ފުއްދަވައި ދެއްވެވޭނެ އުއްތަމަ އިމާމެވެ. އެކަލޭގެފާނަކީ މުޤައްދަސް ބޭކަލެކެވެ. އެކަލޭގެފާނު ކުށެއް ފާފައެއް ނުކުރައްވައެވެ. އެކަލޭގެފާނަކީ ފާފަވެރިންގެ ކިބައިން އެއްކިބާ ކުރައްވައި އުޑަށް އުފުއްލެވުމުގެ އެންމެ މަތިވެރި ޝަރަފު ދެއްވާފައިވާ ކަލޭގެފާނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ