30 ޔޫނުސްގެފާނު ނީނަވާގެ މީހުންނަށް އަލާމަތަކަށް ވީ ފަދައިން މިޒަމާނުގެ މީހުންގެ މައްޗަށް އަލާމަތަކަށް ވާނީ އިންސާނާގެ ދަރިކަލުން.
އެއްދުވަހަކު އަމިއްތާއިގެ ދަރިކަލުން ޔޫނުސްގެފާނަށް މާތްރަސްކަލާނގެ އެންގެވިއެވެ. ”ބޮޑު ރަށެއްކަމުގައިވާ ނީނަވާގެ މީހުންގެ އުޅުން މާބޮޑަށް ގޯސްވެއްޖެ. އެކަން ތިމަންކަލާނގެ ސަމާލުކަމަށް އަތުވެއްޖެ. އެވާހަކަ އެމީހުންގެ ގާތުގައި ގޮސް ބުނޭ!“
އޭރު މާތްރަސްކަލާނގެ ވަނީ އެކަލޭގެފާނު ދިރުވާލާނެ ބޮޑު މަހެއް ތައްޔާރު ކުރައްވައި ހަމަޖައްސަވާފައެވެ. އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ތިން ރޭ ތިން ދުވާ ވަންދެން އޮންނެވިއެވެ.
އެ ހިނދު މާތްރަސްކަލާނގެ އެމަހަށް އަމުރުފުޅު ކުރެއްވުމުން ހިކިފަސްތަނަކަށް ގޮސް އެ މަސް އެކަލޭގެފާނު ހޮޑަށްލައިފިއެވެ.