Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 11:29 - ކިތާބުލް މުޤައްދަސާ

29 މީސްތަކުން އެތަނަށް އެއްވަމުން ދިޔަ އިރު އީސާގެފާނު ވިދާޅުވަމުން ދިޔައެވެ. ”⁠މިއީ ނުބައި ޒަމާނެއް. މިޒަމާނުގެ މީހުން މުޢުޖިޒާތެއް ފަދަ ޢަލާމާތަކަށް އެދޭ. ނަމަވެސް ޔޫނުސްގެފާނު މެދުވެރިކޮށް ދެއްކުނު އަލާމާތް ފިޔަވާ އެހެން އެއްވެސް ޢަލާމާތެއް ކަލޭމެންނަކަށް ނުދެއްކޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 11:29
19 ပူးပေါင်းရင်းမြစ်များ  

އެއްދުވަހަކު އަމިއްތާއިގެ ދަރިކަލުން ޔޫނުސްގެފާނަށް މާތްރަސްކަލާނގެ އެންގެވިއެވެ. ”⁠ބޮޑު ރަށެއްކަމުގައިވާ ނީނަވާގެ މީހުންގެ އުޅުން މާބޮޑަށް ގޯސްވެއްޖެ. އެކަން ތިމަންކަލާނގެ ސަމާލުކަމަށް އަތުވެއްޖެ. އެވާހަކަ އެމީހުންގެ ގާތުގައި ގޮސް ބުނޭ!⁠“


ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން މީސްތަކުން ހިނަވައިދެއްވަމުން ގެންދެވި ތަނަށް ފަރީސީންނާއި ސާދުސީނުގެ ގިނަ ޢަދަދެއްގެ ބަޔަކު އައެވެ. ޔަޙުޔާގެފާނަށް އެބައިމީހުން ފެނިވަޑައިގެންނެވި ހިނދު އެބައިމީހުންނާއި ދިމާލަށް ވިދާޅުވިއެވެ. ”⁠އޭ ހަރުފަތަކުގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ހީކުރަނީތަ؟


މި ނުބައި ފާފަވެރި ޒަމާނުގައި އަހަރެންނާއި ބެހޭ ގޮތުންނާއި އަދި އަހަރެންގެ އުނގަންނައިދިނުންތަކާ މެދުގައި ބުނެދިނުމަށް ލަދުވެތިވާނެ ފަރާތްތަކާ މެދު އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ ބައްޕާފުޅު، މާތްރަސްކަލާނގެ ނޫރުފުޅުން މާތްވެގެންވީ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނަ ހިނދު އެފަދަ ފަރާތްތަކާމެދުގައި އަހަރެން ލަދުވެތިވާނެ.⁠“


އަނެއްބަޔަކު އެކަލޭގެފާނަކީ މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއެއް ނޫންކަން މީސްތަކުންނަށް ހާމަކޮއްދިނުމުގެ ގަސްތުގައި އެކަލާނގެ ކިބަފުޅުން މުޢުޖިޒާތީ ޢަލާމާތެއް ދެއްކުމަށް އެދި އެކަލޭގެފާނަށް ދެންނެވިއެވެ.


އެހެންވުމުގެ ސަބަބުން މި ދުނިޔެ އުފެއްދެވީއްސުރެ ގަތުލު ވެ ދިޔަ ހުރިހާ ނަބީބޭކަލުންނެއްގެ މަރުގެ ދިޔައިގެ ޒިންމާ މިޒަމާން އުފުލަން ޖެހޭނެ.


އެވަގުތު އެތައްހާސް ބަޔަކު އެތަނަށް އެއްވަމުން ދިޔައެވެ. މީސްތަކުންގެ ގިނަކަމުން ފިތި ބާރުވެ ކަށިތުނޑެއް ޖައްސާލާނެ ހާ ތަންފުކެއް ވެސް އެތާނގައި ނުވެއެވެ. އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ”⁠ފަރީސީނުގެ މަކަރުވެރި ދޮގު ގޮތްތަކަށް ނުހެއްލޭތި. އެމީހުންގެ ގޮތްތަކުގެ ސަބަބުން މީސްތަކުންނަށް ތެދުމަގު އޮޅޭ.


އީސާގެފާނު އެތާނގައި ތިބި އެންމެހައި މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠އޭ އީމާންކަމެއް ނެތް ނުބައި ވެގެންވާ ޒަމާނުގެ މީސްތަކުންނޭ. ކަލޭމެން ކައިރީ ކެތްކޮށްގެން އަހަރެން ހުންނަންވީ ކިހާ ދުވަހެއް ވަންދެން؟⁠“ ދެން އެފިރިހެން މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެ ފިރިހެން ދަރިފުޅު މިތަނަށް ގެނޭ.⁠“


ބަނީއިސްރާއީލުގެ ވެރިން އީސާގެފާނަށް ބުންޏެވެ. ”⁠މިފަދަ ކަންތައްތައް ކުރަން ކަލެއަށް ހުއްދަ ލިބިގެންވާކަން ހާމަ ކޮށްދިނުމަށް ނިކަން އަހަރެމެންނަށް މުޢުޖިޒާތެއް ދައްކަބަލަ!⁠“


މިހެން އީސާގެފާނު ވިދާޅުވުމުން އެމީހުން ބުންޏެވެ. ”⁠ކަލޭގެފާނު ދެން ދައްކަވާނީ ކޮން މުޢުޖިޒާތެއްތޯ؟ އޭރަކުން ކަލޭގެފާނު ތިއީ މާތްރަސްކަލާނގެ ފޮނުއްވި ޚާއްސަ ފަރާތްކަން އަޅުގަނޑުމެން ގަބޫލު ކޮށްފާނަން.


ކަލޭމެންގެ ބައްޕައަކީ ޝައިތާނާ. ކަލޭމެންނަކީ އޭނާގެ މީހުން. ކަލޭމެން ކުރަނީ ކަލޭމެންގެ ބައްޕަ އުފާވާފަދަ ކަންތައް. ފެށުނީއްސުރެން ވެސް ޝައިތާނާއަކީ ގާތިލެއް. އޭނާއަކީ ތެދާ ދެކޮޅުވެރިވާ މީހެއް. އޭނާގެ ކިބައިގައި ތެދުވެރިކަމެއް ނުވާނެ. އޭނާ ހަދާނީ މުޅީން ވެސް ދޮގު. އެކަމުން ޝައިތާނާގެ އަސްލު ހާމަވެގެންދޭ. ޝައިތާނާއަކީ ދޮގުވެރިއެއް. ޝައިތާނާ އެއީ ދޮގުގެ ބައްޕަ ވެސް މެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ