Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 11:22 - ކިތާބުލް މުޤައްދަސާ

22 ނަމަވެސް އޭނާއަށް ވުރެ ވަރުގަދަ މީހަކު އޭނާއާއި ހަމަލާދީ ބަލިކޮށްލައިފި ނަމަ ބަލިވިމީހާ އިތުބާރުކުރި ހަތިޔާރުތައް އެވަރުގަދަ މީހާ ގެންދާނެ. އަދި ބަލިވިމީހާގެ ގޭގައި ވާ މުދާތައް ވެސް އޭނާގެ އެކުވެރިންނަށް ބަހާލާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 11:22
14 ပူးပေါင်းရင်းမြစ်များ  

ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ. އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.⁠“


އަދާވާތްތެރިޔާ ބުނި. ’⁠އަހަރެން އެމީހުން ފަހައިގޮސް އަތުލާނަން. އަހަރެން އެމީހުންގެ މުދާތައް ބަހައިލާނަން. އަހަރެން ބޭނުން އެއްޗެއް ދަމައިގަންނާނަން. އަހަރެންގެ ކަނޑީގެ ބާރުގައި އެހުރިހާ އެއްޗެއް ފޭރިގަންނާނަން.⁠‘


ޝާއިތާނާ ބާރު ގަދަ މީހަކު ފަދައިން ހަތިޔާރާއި އެކު އޭނާގެ ގެ ރައްކާތެރި ކުރަނީ ނަމަ އޭނާގެ މުދާ ހުންނާނީ ރައްކާތެރި ކަމާއި އެކު.


އަހަރެންގެ ބަސްތަކަށް އަމަލު ނުކުރާ ކޮންމެ މީހަކީ އަހަރެންނާއި ދެކޮޅު މީހެއް. އަދި މީސްތަކުން މާތްރަސްކަލާނގެ ރަސްކަންފުޅަށް އެނބުރުމަށް އަހަރެންނަށް އެހީތެރިނުވާ ކޮންމެ މީހަކީ މީސްތަކުން މާތްރަސްކަލާނގެ ރަސްކަންފުޅާއި ދުރަށް ދިއުމަށް އެހީތެރިވާ މީހެއް.⁠“


މާތްރަސްކަލާނގެ ދެއްވި ފުރިހަމަ ދަހަނާ އަޅާށެވެ. އޭރުން ޝައިތާނާގެ މަކަރުވެރި ނުބައި ރޭވުންތަކާއި ދެކޮޅަށް ތެދުވެ ސާބިތުވެ ތިބުމުގެ ކުޅަދާނަކަން ތިޔަބައިމީހުންނަށް ލިބިދޭނެއެވެ.


އެހެންވީމާ، މިހިނދުގައި ވިޔަސް މާތްރަސްކަލާނގެ ދެއްވި ފުރިހަމަ ދަހަނާ އަޅާށެވެ! އޭރުން ޝައިތާނާގެ ޙަމަލާ އަންނަ ދުވަހުގައި ދިފާޢު ކުރުމުގެ ކުޅަދާނަކަން ލިބި އެގޮތުގައި ހުރިހައި ކަމެއް ކޮށް ނިމިގެން ތިޔަބައިމީހުންނަށް ސާބިތުވެ ތިބެވޭނެއެވެ.


އެ ސަލީބު މަތީ އޮންނަވާ ޝައިތާނީ ހުރިހާ އަމުރުތަކާއި ބާރުތަކެއް އެކަލޭގެފާނު ނައްތަވާލެއްވިއެވެ. އަދި އެންމެންގެ ކުރިމަތީގައި ނަސްރު ހޯއްދަވައި އެ ބާރުތައް ލަދުގަންވާލެއްވިއެވެ.


ފާފަކުރުން މަތީގައި ދެމިހުންނަ މީހަކީ ޝައިތާނާއަށް މިލްކުވެގެންވާ މީހެކެވެ. ސަބަބަކީ ދުނިޔެ ފެށުނީއްސުރެން ޝައިތާނާ ވަނީ ފާފަކުރުންމަތީގައެވެ. މާތްރަސްކަލާނގެ ދަރިކަލުން މި ދުނިޔެއަށް ވަޑައިގެންނެވީ ޝައިތާނާގެ އެންމެހާ އަމަލުތަކެއް ނެތިކުރެއްވުމަށެވެ.


ދަރިންނޭވެ! ތިޔަބައިމީހުންނީ މާތްރަސްކަލާނގެ ދަރިންނެވެ. އަދި ތިޔަބައިމީހުން ވަނީ އެފަދަ އެންމެހާ މީހުންގެ ދޮގު ފަތުވާތަކުގެ މައްޗަށް ފަތަޙަ ހޯދާފައެވެ. ތިޔަބައިމީހުންނަށް މިފަދަ ހިތްވަރެއް ލިބިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅު ތިޔަބައިމީހުންގެ ކިބައިގައި ވާތީއެވެ. ސަބަބަކީ އެ މާތްރޫޙުފުޅަކީ މާތްރަސްކަލާނގެ އަކީ ކޮބައިކަން ނޭނގޭ މީހުންގެ މައްޗަށް ބާރުހިންގާ ޝައިތާނާގެ ރޫޙަށް ވުރެން މާ މަތިވެރި ބާރެއް ކަމުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ