21 ޝާއިތާނާ ބާރު ގަދަ މީހަކު ފަދައިން ހަތިޔާރާއި އެކު އޭނާގެ ގެ ރައްކާތެރި ކުރަނީ ނަމަ އޭނާގެ މުދާ ހުންނާނީ ރައްކާތެރި ކަމާއި އެކު.
ބާރު ގަދަ މީހެއްގެ ގެއަށް ވަދެ އޭނާގެ މުދާތައް ގެންދިއުމަށް މީހަކު އެދޭނަމަ ފުރަތަމަ ޖެހޭނީ އެ ގަދަފަދަ މީހާ ބަންނަން. އޭގެފަހުން އޭނާގެ ގޭގައި ހުރި މުދަލާއި ތަކެތި ގެންދެވިދާނެ.
ބާރު ގަދަ މީހެއްގެ ގެއަށް ވަދެ އޭނާގެ މުދަލެއް ގެންދިއުމަށް މީހަކު އެދޭނަމަ ފުރަތަމަ ޖެހޭނީ އެ ގަދަފަދަ މީހާ ބަންނަން. އޭގެފަހުން އޭނާގެ ގޭގައިހުރި މުދަލާއި ތަކެތި ގެންދެވިދާނެ.
އެކަމަކު އަހަރެން ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅު މިކުރަނީ މާތްރަސްކަލާނގެ ބާރުފުޅު މެދުވެރިކޮށް ކަމުގައި ވަނީ ނަމަ ދެން އެކަމުން ހާމަވެ އެނގެނީ މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ މިތާ ކަލޭމެންގެ ތެރޭގައި ކަން.
ނަމަވެސް އޭނާއަށް ވުރެ ވަރުގަދަ މީހަކު އޭނާއާއި ހަމަލާދީ ބަލިކޮށްލައިފި ނަމަ ބަލިވިމީހާ އިތުބާރުކުރި ހަތިޔާރުތައް އެވަރުގަދަ މީހާ ގެންދާނެ. އަދި ބަލިވިމީހާގެ ގޭގައި ވާ މުދާތައް ވެސް އޭނާގެ އެކުވެރިންނަށް ބަހާލާނެ.