Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 11:18 - ކިތާބުލް މުޤައްދަސާ

18 ވީއިރު އިބިލީހުގެ ރަސްކަން އޭނާ އާއި އިދިކޮޅު ހަދަނީ ނަމަ އޭނާގެ ރަސްކަން ކުރިއަށް ދާނީ ކިހިނެއް؟ އަހަރެން އެހެން މިބުނީ އެއީ ކަލޭމެން ތިޔަބުނަނީ އަހަރެން ޖިންނި މޮޔަވެފައިވާ މީހުން ރަނގަޅު މިކުރަނީ ބަޢަލްޒެބޫލް މެދުވެރި ކޮށްގެންނޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 11:18
7 ပူးပေါင်းရင်းမြစ်များ  

އެހެން ވީމާ ދަރިވަރު އޭނާގެ އެދުރުމީހާއާ އެއްގޮތަށް އުޅެމުން ދިޔައިމާ ފުދޭނެ. އަދި އަޅުމީހާވެސް އޭނާގެ ވެރިމީހާ ފަދައިން އުޅުމުން ފުދޭނެ. މީސްތަކުން ގޭގެ ވެރިޔާއަށް ބަޢަލްޒެބޫލޭ ގޮވާނަމަ އޭނާގެ ގޭގެ ދެން ތިބި މީހުންނަށް އެއަށް ވުރެން ހުތުރު ނަންތަކުން ގޮވައި މުޚާތަބު ކުރާނެ.⁠“


ހަމައެހެންމެ ޝައިތާނާ އޭނާގެ އަމިއްލަ ނަފްސާއި ދެކޮޅުވެރި ވެއްޖެނަމަ އޭނާ ބައިބައިވެ ހިނގައިދާނެ. އަދި އޭނާގެ ރަސްކަން ކުރިއަކަށް ނުގެންދެވޭނެ.


އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”⁠އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’⁠ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.⁠‘⁠“


މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


އެކަމަކު އެތާތިބި ބައެއްމީހުން އީސާގެފާނަށް ފާޑުކިޔާ ބުންޏެވެ. ”⁠މީނާ ޖިންނީންގެ ބާރުގެ ދަށުވެފައިވާ މީހުން ރަނގަޅު އެކުރަނީ ޖިންނީންގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ