Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 11:15 - ކިތާބުލް މުޤައްދަސާ

15 އެކަމަކު އެތާތިބި ބައެއްމީހުން އީސާގެފާނަށް ފާޑުކިޔާ ބުންޏެވެ. ”⁠މީނާ ޖިންނީންގެ ބާރުގެ ދަށުވެފައިވާ މީހުން ރަނގަޅު އެކުރަނީ ޖިންނީންގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 11:15
11 ပူးပေါင်းရင်းမြစ်များ  

އެހެން ވީމާ ދަރިވަރު އޭނާގެ އެދުރުމީހާއާ އެއްގޮތަށް އުޅެމުން ދިޔައިމާ ފުދޭނެ. އަދި އަޅުމީހާވެސް އޭނާގެ ވެރިމީހާ ފަދައިން އުޅުމުން ފުދޭނެ. މީސްތަކުން ގޭގެ ވެރިޔާއަށް ބަޢަލްޒެބޫލޭ ގޮވާނަމަ އޭނާގެ ގޭގެ ދެން ތިބި މީހުންނަށް އެއަށް ވުރެން ހުތުރު ނަންތަކުން ގޮވައި މުޚާތަބު ކުރާނެ.⁠“


އެއަށް ފަހު ބަޔަކު ޖިންނި އަވަލާފައި ހުރުމުގެ ސަބަބުން ލޯފަންވެ ވާހަކަ ނުދެއްކޭ މީހަކު އީސާގެފާނުގެ އަރިހަށް ގެނެސްފިއެވެ. އީސާގެފާނު އެމީހާއަށް ޝިފާދެއްވުމުން އޭނާއަށް ވާހަކަ ދެއްކެވި އަދި ލޯ އަލިވިއެވެ.


މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


ނަމަވެސް ފަރީސީން ބުންޏެވެ. ”⁠އޭނާއަށް ޖިންނިތަކުގެ މައްޗަށް ބާރު ހިންގުން ޖިންނިތަކުގެ ވެރިޔާ ވަނީ ދީފަ.⁠“


އޭގެތެރެއިން އެއްބަޔަކު ބުންޏެވެ. ”⁠އޭނާ އެހެރީ ޖިންނި މޮޔަވެފަ. އެކަހަލަ މީހަކު ދައްކާ ވާހަކަ އަހަރެމެން އަޑުއަހަންވީ ކީއްކުރަން؟⁠“


އެތާނގައި ތިބި މީސްތަކުން ބުންޏެވެ. ”⁠ކަލޭ ތިހިރީ ޖިންނި މޮޔަވެފައިތަ؟ ކަލޭ މަރާލަން އުޅެނީ ކާކުތަ؟⁠“


އެވަގުތު އެމީހުން ހަޅޭއްލަވަން ފެށިއެވެ. ”⁠ކަލޭތީ ސަމީރިއްޔާގެ ޖިންނި މޮޔަވެފައި ހުރި މީހެކޭ އަހަރެމެން ބުނި ބަސް އެއީ ތެދެއް ނޫންތަ؟⁠“


ދެން ބަނީއިސްރާއީލު މީހުން ބުންޏެވެ. ”⁠ކަލޭ ތިހިރީ ޖިންނިމޮޔަވެފައި ކަން މިހާރު އަހަރެމެންނަށް ޔަޤީން. އިބްރާހީމްގެފާނާއި އެހެން ހުރިހާ ރަސޫލުބޭކަލުން ވެސް އަވަހާރަވެދިޔަ. އެކަމަކު ކަލޭ ތިޔަ ބުނަނީ ކަލޭގެ ބަސްތައް ގަބޫލު ކޮށް އެބަސްތަކަށް ކިޔަމަންވާ މީހަކު ދުވަހަކު ވެސް މަރު ނުވާނެ ކަމުގައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ