Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 11:1 - ކިތާބުލް މުޤައްދަސާ

1 އެއްދުވަހަކު އީސާގެފާނު އެކަހެރި ތަނަކަށް ވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާފުޅުކުރެއްވިއެވެ. އެކަލޭގެފާނު ދުޢާފުޅުން ނިމި ވަޑައިގަތް ވަގުތު އަސްޙާބީންގެ ތެރެއިން މީހަކު ދެންނެވިއެވެ. ”⁠ޔަޙުޔާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ދުޢާކުރަން ދަސްކޮށްދެއްވި. މާތްސާހިބާ ވެސް އަޅުގަނޑުމެންނަށް ދުޢާކުރަން ދަސްކޮށްދެއްވާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 11:1
14 ပူးပေါင်းရင်းမြစ်များ  

އެކަމަކު މުހިންމީ ހަމައެކަނި އެންމެކަމެއް. މަރިޔަމް އެކަން ކުރަން ނިންމީ ރަނގަޅަށް. އޭނާ އެ ގޮތަށް ކަން ކުރުން މަނައެއް ނުކުރެވޭނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ދުޢާކުރާއިރު މިފަދައިން ދުޢާކުރޭ. ’⁠ބައްޕާފުޅާ! އެންމެހައި މީސްތަކުން އިނބަރަސްކަލާނގެ ނަންފުޅަށް މާތްކޮށް ހިތާ ޤަދަރު ކުރާނޭ ފަދައިން ހިންމަވާފާނދޭ. އިނބަރަސްކަލާނގެ ރަސްކަންފުޅު މި ދުނިޔޭގެ މައްޗަށް ފޮނުއްވާފާނދޭ!


މި ދުވަސްތަކުން ދުވަހެއްގައި އީސާގެފާނު ފަރުބަދަތަކުގެ ތެރެއަށް މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރެއްވުން މަތީ ރޭގަނޑު ހޭދަކުރެއްވުމަށްޓަކައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އީމާންވާ އެތައްބަޔަކު ވެސް އެތަނުގެ ވަކި ހިސާބަކަށް އެކަލޭގެފާނުގެ އަރިހުގައި ދިޔައެވެ.


މާތްސާހިބާއަށް މިކަނބުލޭގެ ފެނި ވަޑައިގަތްހިނދު ވަރަށް ދެރަފުޅުވިއެވެ. އަދި އެކަނބުލޭގެއަށް ވިދާޅުވިއެވެ. ”⁠ނުރޮއެ.⁠“


އެއްފަހަރަކު އީސާގެފާނު އެކަހެރި ތަނަކަށް ވަޑައިގެން ދުޢާކުރެއްވުމުގައި އިންނެވިއެވެ. އީސާގެފާނު އެކަލޭގެފާނާއި އެކުގައި ވީ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠މީސްމީހުން ބުނާ ގޮތުގައި އަހަރެންނަކީ ކާކު؟⁠“


މީގެ ގާތްގަނޑަކަށް އަށް ދުވަސް ފަހުން އީސާގެފާނު ޕަތަރަސްއާއި ޔާމިޒު އާއި ޔޫޙަންނާ ގޮވައިގެން ދުޢާ ކުރެއްވުމަށްޓަކައި އުސް ފަރުބަދައެއްގެ މައްޗަށް އަރާވަޑައިގަތެވެ.


އީސާގެފާނު މަރުން ސަލާމަތް ކުރެއްވުމުގެ ބާރުފުޅު މާތްރަސްކަލާނގެ ކިބަފުޅުގައި އޮތެވެ. އޭރު އެކަލޭގެފާނު ބިންމަތީގައި ހުންނަވައި ކަރުނައަޅައި ގަދަ އަޑުފުޅުން ސަލާމަތަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމުން ދިޔައެވެ. އެކަލޭގެފާނުގެ ޚުޝޫއަތްތެރިކަމާއި މަޑުމޮޅިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނުގެ އަޑުފުޅު އެއްސެވިއެވެ.


ނަމަވެސް ލޮބުވެތި އެކުވެރިންނޭވެ! ތިޔަބައިމީހުން އީސާއީ ދީނުގެ އަގީދާގެ މަތީ ކުރިއަރަމުން ގެންދާށެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ވާގިވެރިކަމާ އެކު ދުޢާ ކުރަމުން ގެންދާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ