Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 10:9 - ކިތާބުލް މުޤައްދަސާ

9 އެތާނގައި ބަލިމީހުން ތިބިއްޔާ އެމީހުންގެ ބަލިތައް ހެޔޮކޮށްދީ. އަދި އެމީހުން ކައިރީ ބުނޭ: ’⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ކަލޭމެންނާއި ވަރަށް ވެސް ކައިރީގައޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 10:9
15 ပူးပေါင်းရင်းမြစ်များ  

އެހާތަނުން އީސާގެފާނު ރިސާލަތު އިއްވަވަން ފެއްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތައުބާވޭ! އެހެނީ މާތްރަސްކަލާނގެ ރަސްކަންފުޅު އައުން ވަނީ ކައިރީގަ!⁠“


ތަކުރާރުކޮށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު އަހަރެން ބުނެދޭނީ ކިހިނަކުން؟ އަދި އެކަލާނގެ ރަސްކަންފުޅު ބަޔާން ކޮށްދިނުމަށް ނޫނީ ހާމަ ކޮށްދިނުމަށް އަހަރެމެންނަށް ބޭނުންކުރެވޭނީ މާނަފުން ކޮން ވާހަކައެއް؟


އަދި ޖިންނީގެ އުނދަގޫ ކުރިމަތިވެފައިވީ މީސްތަކުން ރަނގަޅު ކޮށްދެއްވައި، ބަލި ޙާލަތުގައި ވީ އެތައް ބައެއްގެ ބޮލަށް ތެޔޮ އަޅައި ބަލި ފަސޭހަ ކޮށްދެއްވިއެވެ.


އެކަމަކު ކަލޭމެން ދާ ރަށަކުން ކަލޭމެންނަށް މަރުޙަބާ ނުކިޔައިފި ނަމަ ފާޅުގައި އެންމެންނަށް އެންގުމުގެ ގޮތުން އެމީހުންނަށް ބުނޭ. ’⁠ކަލޭމެންގެ ރަށުން އަހަރެމެންގެ ފައިގައި ހޭކުނު ހިރަފުސް ވެސް ކަލޭމެންނަށް ކުރާ އިންޒާރެއްގެ ގޮތުން އަހަރެމެން ފޮހެލަމޭ. ނަމަވެސް މިކަމަށް ހެކިވޭ. ހަމަކަށަވަރުން މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ވަރަށް ވެސް ކައިރީގައޭ.⁠‘


ދެން އީސާގެފާނު މި ބާރަ އަސްޙާބީ ބޭކަލުން މީސްތަކުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭގޮތުން އަންގައި ދިނުމަށާއި މީސްތަކުންގެ ބަލިތައް ފަސޭހަކޮށް ދިނުމަށް ފޮނުއްވިއެވެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ހަމަ ތެދެއް، އަލުން އުފަންނުވާ އެއްވެސް މީހަކަށް މާތްރަސްކަލާނގެ ރަސްކަންފުޅު ހާސިލެއް ނުކުރެވޭނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠ނަމަވެސް މީހަކު ފެނާއި ރޫޙުން އުފަންނުވާ ހާ ހިނދަކު އެމީހަކު މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހަމަ ޔަޤީނުން ވެސް ނުހިމެނޭނެ.


އަހަރެން ބުނަންތަ؟ މާތްރަސްކަލާނގެ މި ދިންނެވުން ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ދެއްވައިފި. އަދި އެމީހުން އެބަސްފުޅު ގަބޫލު ވެސް ކުރާނެ.⁠“ ޕައުލްގެ މި ބަސްތައް އިވުމުން އެތާނގައި ތިބި ބަނީއިސްރާއީލު މީހުންގެ މެދުގައި މި ބަސްތަކާއި މެދު ބަހުސް ކުރެވި ދެބަސްވުންތައް އުފެދި އެމީހުން އެތަނުން ދިޔައެވެ.


އޭނާ ބިރަކާއި ނުލާ ކެރިގެން މާތްރަސްކަލާނގެ ރަސްކަންފުޅާ މެދުއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙާއި ބެހޭ ގޮތުން މީސްތަކުންނަށް އަންގައި ދެމުން ދިޔައެވެ. އަދި އެއްވެސް މީހަކު އޭނާ މި ކަން ކުރުން މަނާކޮށް ހުއްޓުވުމަކަށް ވެސް މަސައްކަތެއް ނުކުރެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ