ލޫކާސް 10:8 - ކިތާބުލް މުޤައްދަސާ8 ކަލޭމެން ރަށަކަށް ދިއުމުން އެރަށެއްގެ ބަޔަކު ކަލޭމެންނަށް ހިތްހެޔޮ ކަމާއި އެކު ކަންތައްކޮށް ކަލޭމެންނަށް ކަނޭ އެއްޗެއް ދީފިނަމަ އެމީހުން ދިން އެއްޗެއް ކާތި. အခန်းကိုကြည့်ပါ။ |
އެކަމަކު ކަލޭމެން ދާ ރަށަކުން ކަލޭމެންނަށް މަރުޙަބާ ނުކިޔައިފި ނަމަ ފާޅުގައި އެންމެންނަށް އެންގުމުގެ ގޮތުން އެމީހުންނަށް ބުނޭ. ’ކަލޭމެންގެ ރަށުން އަހަރެމެންގެ ފައިގައި ހޭކުނު ހިރަފުސް ވެސް ކަލޭމެންނަށް ކުރާ އިންޒާރެއްގެ ގޮތުން އަހަރެމެން ފޮހެލަމޭ. ނަމަވެސް މިކަމަށް ހެކިވޭ. ހަމަކަށަވަރުން މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ވަރަށް ވެސް ކައިރީގައޭ.‘
ދެން އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”އަހަރެންނަށްޓަކައި މިކުޑަކުއްޖަކާ އާއި މެދު އަޅާލުން ބެހެއްޓި މީހަކު އެއީ އަހަރެން ގަބޫލުކޮށް އަހަރެންނާއި މެދު ވެސް އަޅާލުން ބެހެއްޓި މީހެއް. އަދި އަހަރެން ގަބޫލުކޮށް އަހަންނާއި މެދު އަޅާލި ކޮންމެ މީހަކީ އަހަރެން ފޮނުއްވި ފަރާތް ގަބޫލުކޮށް އެފަރާތާއި މެދު ވެސް އަޅާލުން ބަހައްޓާ މީހަކު ކަމުގައި ވާނެ. ކަލޭމެންގެ ތެރެއިން އެންމެ ދަށް މީހާއަކީ އެންމެ މަތިވެރި މީހާ.“