Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 10:5 - ކިތާބުލް މުޤައްދަސާ

5 ކަލޭމެން ގެއަކަށް ވަންނައިރު އެގެއެއްގެ ބަޔަކަށް ސަލާމް ލެއްވުމަށް އެދޭތި.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 10:5
9 ပူးပေါင်းရင်းမြစ်များ  

ކަލޭމެން ދާއިރު ގިނަފައިސާ އާ ބޮޑެތި ދަބަސްތައް ނުގެންދާތި. އަރައިގެން ހުރި ފައިވާން ފިޔަވާ ފައިވާނެއް ވެސް ނުގެންދާތި. އަދި ދާ މަގުމަތީގައި މީހުންނާއި ވާހަކަ ދެއްކުމަށް މަޑު ވެސް ނުކުރާތި.


އެގޭގައި ސުލްޙަވެރި ކަމަށް ލޯބިކުރާ ބަޔަކު ވާނަމަ ކަލޭމެންގެ ފަރާތުން އެމީހުންނަށް ބަރަކާތް ލިބޭނެ. އެފަދަ މީހަކު އެގޭގައި ނެތްނަމަ ކަލޭމެންގެ ސަބަބުން މާތްރަސްކަލާނގެ އެމީހުންނަށް ދެއްވާނެ ބަރަކާތް އެމީހުންނަކަށް ނުލިބޭނެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠މިއަދު މާތްރަސްކަލާނގެ ކަލެއާއި ކަލޭގެ އާއިލާ ދިންނަވައިފި. އެއީ ކަލޭ ވެސް މިއަދު ތި ކަންކުރީ އިބްރާހީމްގެފާނު ވެސް ކަންތައްކުރެއްވި ފަދައިން އީމާންތެރިކަމާއި އެކު.


ކަލޭމެންނަށް ވެސް އެނގޭނެ ފަދައިން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ އެންގެވި ހެޔޮޚަބަރުފުޅަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައި ވާ އީސާ އަލްމަސީޙު މެދުވެރިކޮށް އިންސާނުންނާއި މާތްރަސްކަލާނގެއާއި ދެމެދު ސުލްޙައާއި ހަމަޖެހުން ގާއިމު ވި ކަމުގެ ޚަބަރުފުޅޭ. އީސާގެފާނަކީ އެންމެންގެ ވެސް ވެރި މާތްސާހިބާއޭ.


ވީމާ، އަލްމަސީޙު ވަޑައިގެން ހެޔޮޚަބަރުފުޅު ހުރިހާ އެންމެންނަށް ސުލްޙަވެރިކަން ގެނެސްދެއްވުމަށް ވަޢުޡު އިއްވައި ދެއްވިއެވެ. އެހެނީ މާތްރަސްކަލާނގެ ޙަޟްރަތާއި ދުރުގައިވާ ބަނީއިސްރައީލެއް ނޫން ދަރިކޮޅުގެ މީހުންނާއި އަދި މާތްރަސްކަލާނގެ ޙަޟްރަތާއި ކައިރީގައިވާ ބަނީއިސްރާއީލުގެ ދަރިކޮޅަށް ވެސް މެއެވެ.


އަދި އޭނާގެ ގާތު މިހެން ބުނާށޭ ވެސް ބުންޏެވެ. ”⁠ދާއޫދު ކަލެއަށާއި ކަލޭގެ އާއިލާއަށް ދިގު އުމުރެއް ދެއްވައި ތަނަވަސްކަން އިތުރު ކުރެއްވުން އެދި ހެޔޮ ދުޢާ ސަލާމް ފޮނުވައޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ