Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 10:40 - ކިތާބުލް މުޤައްދަސާ

40 ނަމަވެސް މަރުތާ ކަންތައްތައް ތައްޔާރު ކުރުމަށް އަވަދި ނެތި މަސައްކަތުގައި އުޅެއެވެ. އޭނާ އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠މާތްސާހިބާ! އަޅުގަނޑުގެ ކޮއްކޮ އަޅުގަނޑު ހުރިހާ މަސައްކަތެއް ކުރަން އެކަނި ދޫކޮށްލާފައި އައިސް މިތާ އިންއިރު ކަލޭގެފާނު އެކަމަކާއި އަޅައެއް ނުލައްވަން ތޯ؟ އޭނާ ކައިރީ ވިދާޅުވޭ އަޅުގަނޑަށް އެހީވާން ދާށޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 10:40
12 ပူးပေါင်းရင်းမြစ်များ  

އިރު އޮއްސުމަކާއި ކައިރިވެފައި ވަނިކޮށް އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠މިއީ މީހުން އުޅޭ ސަރަހައްދެއް ވެސް ނޫން. އަދި ވަރަށް ލަސްވެއްޖެ. މި މީސްތަކުން ފޮނުވާލައްވަން ވީނޫންތޯ؟ އޭރުން އެމީހުން ކައިރީގައިވާ އަވަށްތަކަށް ގޮސް ކާއެއްޗެއް ހޯދާފާނެ.⁠“


އީސާގެފާނު އެއްފަރާތަށް ގެންދަވާ އެ ވާހަކަތައް ހުއްޓުވުމަށް ޕަތަރަސް އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. މާތްރަސްކަލާނގެ ކަލޭގެފާނު އެފަދަ ކޮންމެ ކަމަކުން ސަލާމަތްކޮށްދެއްވާނެ! އެފަދަ އެއްވެސް ކަމެއް ކަލޭގެފާނާއި ދިމަލެއް ނުވާނެ!⁠“


އަދި މީސްތަކުން އެކަލޭގެފާނާއި ދިމާލަށް ”⁠އޭނާ ވަނީ ބުއްދި ފިލައިގެންގޮސްފަ!⁠“ ކަމުގައި ބުނަމުން ގެންދާ ޚަބަރު އެކަލޭގެފާނުގެ އާއިލާއަށް ލިބުމުގެ ސަބަބުން އެމީހުންގެ ބެލުމުގެދަށަށް އެކަލޭގެފާނު ގެންދިއުމަށް މަސައްކަތް ކުރެއްވިއެވެ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ދަތުރުކޮށް ވަޑައިގެންނެވި މަގުމަތީގައި ދިމާވި ރަށެއްގައި މަރުތާ އޭ ނަމަކަށް ކިޔާ އަންހެނަކު އެކަލޭގެފާނަށް އޭނާގެ ގެއަށް ދަޢުވަތު ދިނެވެ.


މާތްސާހިބާ ވިދާޅުވިއެވެ. ”⁠މަރުތާ! މަގޭ ރަންކޮޅާ! ކަލޭ ތިޔަވަނީ އެތައް ކަމަކާއި މެދު ހާސްވެ ކަންބޮޑުވެފަ.


ވީއިރު ކަލޭމެންގެ ހިތްތައް ކަލޭމެން ކާނެ ބޯނެ އެއްޗަކާއި މެދު ވިސްނުމަށް ދޫނުކޮށްލާ. އެކަމާއި ހާސް ނުވޭ.


އީސާގެފާނު އަސްޙާބީންގެ މި ބަހުގެ މައްޗަށް ނުރުހުންވެ ކޯފާ އިސްކުރެއްވިއެވެ.


ބެތާނިޔާގައި އުޅުނު ލާޒަރުއޭ ކިއުނު މީހަކު ވަރަށްބޮޑަށް ބަލިވިއެވެ. އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ ދެ ދައްތަ ކަމުގައިވާ މަރިޔަމް އާއި މަރުތާ އާއި އެކުގައެވެ. މި މަރިޔަމް އަކީ ފަހުން މާތްސާހިބާ އީސާގެފާނުގެ ފައިތިލަފުޅު މައްޗަށް އަގުބޮޑު އަތަރު އަޅައި އޭނާގެ އިސްތަށިގަނޑުން އެކަލޭގެފާނުގެ ފައިންޕުޅު ފޮހެދިން މަރިޔަމް އެވެ. ބަލިމީހާ އަކީ އެމީހުންގެ ފިރިހެންކޮއްކޮ ލާޒަރު އެވެ.


އީސާގެފާނު މަރުތާއާއި މަރިޔަމްއާއި ލާޒަރު ދެކެ ވަރަށް ބޮޑަށް ލޯބިފުޅުވެއެވެ.


އެމީހުން އެތަނުގައި އެކަލޭގެފާނަށްޓަކައި ފަރިއްކޮޅެއް ތައްޔާރު ކުރިއެވެ. ސުފުރާމަތީގެ ކަންތައް ބެލެހެއްޓުމަށް އުޅުނީ މަރުތާއެވެ. އެ މޭޒުކޮޅުގައި އެކަލޭގެފާނާއެކު ފަރީއްކުޅުއްވުމުގައި ބައިވެރި ވީ މީހުންގެ ތެރޭން އެކަކީ ލާޒަރު އެވެ.


ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ