ލޫކާސް 10:38 - ކިތާބުލް މުޤައްދަސާ38 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ދަތުރުކޮށް ވަޑައިގެންނެވި މަގުމަތީގައި ދިމާވި ރަށެއްގައި މަރުތާ އޭ ނަމަކަށް ކިޔާ އަންހެނަކު އެކަލޭގެފާނަށް އޭނާގެ ގެއަށް ދަޢުވަތު ދިނެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް މަރުތާ ކަންތައްތައް ތައްޔާރު ކުރުމަށް އަވަދި ނެތި މަސައްކަތުގައި އުޅެއެވެ. އޭނާ އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”މާތްސާހިބާ! އަޅުގަނޑުގެ ކޮއްކޮ އަޅުގަނޑު ހުރިހާ މަސައްކަތެއް ކުރަން އެކަނި ދޫކޮށްލާފައި އައިސް މިތާ އިންއިރު ކަލޭގެފާނު އެކަމަކާއި އަޅައެއް ނުލައްވަން ތޯ؟ އޭނާ ކައިރީ ވިދާޅުވޭ އަޅުގަނޑަށް އެހީވާން ދާށޭ.“
ލީދިޔާ އާއި އޭނާގެ ގޭގެ އެންމެން ތައުބާގެ ހިނެވުމުން ހިނެވުނު ދުވަހު އަހަރެމެންނަށް އޭނާގެ ގެއަށް އައުމަށް ދައުވަތު ދީ ލީދިޔާ މި ފަދައިން ބުންޏެވެ. ”އަހަރެން މިއީ ތެދު ގޮތުގައި އީސާގެފާނަށް އީމާންވެގެންވާ މީހަކު ކަމުގައި ކަލޭމެން ގަބޫލު ކުރަނީ ނަމަ ކަލޭމެން އަހަރެންގެ ގޭގައި ތިބޭ.“ އަދި އޭނާ ކުރުނުކޮށް އެދެމުން ގެންދިއުމުން އެންމެފަހުން އަހަރެމެން އެއްބަސްވެ އެގެއަށް ދިޔައީ އެވެ.