Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 10:33 - ކިތާބުލް މުޤައްދަސާ

33 އެއަށް ފަހު އެމަގުން ދަތުރުކޮށް ދިޔަ ތިންވަނަ މީހަކު އައި. އޭނާއަކީ ސަމީރިއްޔާ ރަށުގެ މީހެއް. މީނާއަށް މިޒަޚަމު ވެފައިވާ މީހާ ފެނުމުން އޭނާގެ މައްޗަށް ރަޙުމްކޮށް ހަމްދަރުދީވި.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 10:33
14 ပူးပေါင်းရင်းမြစ်များ  

އެކަމަނާ އެ ވަށިގަނޑުގެ މަތި ނަންގަވައި ބެއްލެވި އިރު އޭގެ ތެރޭގައި ކުޑަކުޑަ ފިރިހެން ކުއްޖަކު އޮތްވާ ފެނި ވަޑައިގެންނެވިއެވެ. އޭރު އެ ކުއްޖާ ރޮނީއެވެ. އެހެންވެ އެކަމަނާގެ ހިތްޕުޅުގައި އެކުއްޖާގެ މައްޗަށް ކުލުނު އުފެދިއްޖެއެވެ. ”⁠މިވާނީ ޢިބްރާނީންގެ ދަރިއަކަށް.⁠“ އެކަމަނާ ވިދާޅުވިއެވެ.


ތިމާގެ ރައްޓެއްސަކު އަދި ތިމާގެ ބައްޕަގެ ރައްޓެއްސަކު ގެއްލުވާ ނުލާށެވެ. މުސީބާތެއް ދިމާވުމުން އެއްބަނޑު ތިމާގެ މީހާގެ ގާތަށް ކަންކަމު ދާން ނަހަދާށެވެ. ދުރުގައި ހުރި އެއްބަނޑު މީހަކަށް ވުރެން ކައިރީގައި ހުރި އަވަށްޓެރިޔާ މާ ފަސޭހައިން އަތުޖެހެއެވެ.


މި ބާރަ އަސްޙާބީންނަށް އީސާގެފާނު އިރުޝާދު ދެއްވައި ފޮނުއްވިއެވެ: ”⁠ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހެއްގެ ކައިރިއަށް ނުދާތި. ނުވަތަ ސަމީރިއްޔާގެ މީހުން ދިރިއުޅޭ އެއްވެސް އަވަށަކަށް ނުދާތި.


އަހަރެން ކަލެއާއި މެދު ރަޙުމް ކުރި ފަދައިން އަނެއް ޚާދިމު އާއި މެދު ކަލޭ ވެސް ރަޙުމް ކުރަން ނުޖެހޭނެތަ؟⁠‘


ދެން މިއަށް ފަހު އެމަގުން ދަތުރުކޮށް ދިޔަ ބައިތުލް މަޤްދިސްގައި ޚިދުމަތް ކުރާ ލާވީގެ ދަރިކޮޅުގެ މީހަކަށް ވެސް މިމީހާ އެމަގުމަތީ އޮއްވާ ފެނުނު. މީނާއަށް އެމީހާ ފެނުމުން ވެސް އަޅާނުލާ މަގުގެ އަނެއް ފަރާތުން ހިނގާފައި ދިޔަ.


އަދި އޭނާގެ ޒަޚަމްތައް ސާފުކޮށް ބޭސް އަޅާދިން. ދެން އޭނާ ދަތުރު ކުރަމުން ދިޔަ ހިމާރުގެ މައްޗަށް ޒަޚަމް ވެފައި ވީ މީހާ އަރުވައިގެން އެ ދަތުރުކުރަމުން ދިޔަ މަގުމަތީގައި ވާ މެހުމާނު ގެއަކަށް އޭނާ ގެންދިޔަ. އަދި އެތާނގައި އޭނާ ޒަޚަމް ވެފައި ވީ މީހާއަށް ފަރުވާ ދެމުން ގެންދިޔަ.


މާތްސާހިބާއަށް މިކަނބުލޭގެ ފެނި ވަޑައިގަތްހިނދު ވަރަށް ދެރަފުޅުވިއެވެ. އަދި އެކަނބުލޭގެއަށް ވިދާޅުވިއެވެ. ”⁠ނުރޮއެ.⁠“


އެ އަންހެންމީހާ ވަރަށް ބޮޑަށް ހައިރާންވެފައި ބުންޏެވެ. ”⁠އަހަރެން ގާތުން ކަލޭ ފެނަށް ތި އެދުނީ ކަލޭ ތިޔައީ ބަނީއިސްރާއީލު މީހެއް ނޫންތަ؟ އަހަރެން މިއީ ސަމީރިއްޔާގެ އަންހެނެއް.⁠“ ސަމީރިއްޔާގެ މީހުންނާއި ބަނީއިސްރާއީލު މީހުންނާއި ދެމެދު ޒަމާނުއްސުރެ ވަރަށް ބޮޑު ދެކޮޅުވެރި ކަމެއް އޮވެއެވެ.


އެވަގުތު އެމީހުން ހަޅޭއްލަވަން ފެށިއެވެ. ”⁠ކަލޭތީ ސަމީރިއްޔާގެ ޖިންނި މޮޔަވެފައި ހުރި މީހެކޭ އަހަރެމެން ބުނި ބަސް އެއީ ތެދެއް ނޫންތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ