ލޫކާސް 10:3 - ކިތާބުލް މުޤައްދަސާ3 އަހަރެން ކަލޭމެން މިފޮނުވާ މަގުން ދޭ. އަހަރެން ކަލޭމެން މިފޮނުވަނީ ވަލު ކުއްތާ ތަކެއްގެ ތެރެއަށް ދާ ޅަ ކަންބަޅި ބަކަރި ތަކެއްގެ ފަދައިން. အခန်းကိုကြည့်ပါ။ |
ހުއިހެއްޕުމަށް އަގު ދީފައި ބަހައްޓާފައި ހުންނަ މީހާ ވަލުހިޔަޅެއް އަންނަތަން ފެންނައިރަށް ބަކަރިތައް ދޫކޮށްލާފައި ދުވެފިލާފާނެ. އެއީ އެ ކަންބަޅިތަކަކީ އޭނާގެ އެއްޗެއްސަށް ނުވާތީ. އަދި އެއީ އެ އެއްޗެހީގެ ޙަޤީޤީ ހުއިހައްޕާ މީހާ ނޫން ވީމާ. ދެން ވަލުހިޔަޅު ކަންބަޅިތަކާއި ޙަމަލާދީ އެ އެއްޗެތި ވިއްސިވިހަވާލި ކޮށްލާނެ.
ނޯކަރަކު އެމީހެއްގެ ވެރިމީހާއަށް ވުރެ މަތިވެރިއެއް ނުވާނެއޭ އަހަރެން ކަލޭމެން ގާތު ބުނިކަން ހަނދާން އެބަ ހުރިތަ؟ އެމީހުން އަހަރެންނާމެދު ނުބައިކޮށް ކަންކުރިއިރު ކަލޭމެންނާމެދު ވެސް ނުބައިކޮށް ކަންކުރާނެއެންނު. އަހަރެންގެ ބަސްތަކަށް އެމީހުން އަމަލު ކުރާނަމަ ކަލޭމެންގެ ބަސްތަކަށް ވެސް އެމީހުން އަމަލުކުރާނެ.
އޭނާ އުއްތަމަ އިމާމުގެ ކިބައިން އެދުނީ ދިމިޝްޤުގެ ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުތަކުގެ ވެރިންނަށް ދެއްކުމަށްޓަކައި އުއްތަމަ އިމާމުގެ ފަރާތުން އޭގެން ކޮންމެ ތަނެއްގެ ވެރިއަކަށް ދޭނެ ސިޓީއަކަށެވެ. އެއީ އޭރުން އޭނާއަށް އީސާގެފާނު އެންގެވި މަގުން އުޅޭ އަންހެނަކަސް އަދި ފިރިހެނަކަސް ހައްޔަރުކޮށްގެން ޖެރޫސަލަމަށް ގެނައުމަށް ބާރު ހޯދުމަށްޓަކައެވެ.