Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 10:29 - ކިތާބުލް މުޤައްދަސާ

29 ނަމަވެސް މި ދީނުގެ ދަންނަބޭކަލާ މި ވަރަކުން ހުއްޓައެއް ނުލިއެވެ. އޭނާ މީސްތަކުންގެ ކުރިމަތީގައި އޭނާގެ މޮޅުކަން ދައްކާންވެގެން އެކަލޭގެފާނު ކުރެން އަނެއްކާ އެހެން ސުވާލެއް ކުރިއެވެ. ”⁠ނަމަވެސް އަޅުގަނޑުގެ އަވަށްޓެރިންނޭ މިބުނެވޭ ބަހުގެ މާނައަކީ ކޮބައި ތޯ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 10:29
11 ပူးပေါင်းရင်းမြစ်များ  

ދެން އީސާގެފާނު އެއްވެފައިވާ މީސްތަކުންނަށާއި އަސްޙާބީންނަށް އެކަލޭގެފާނުގެ ކައިރިއަށް އައުމަށް ވިދާޅުވުމަށް ފަހު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކު ވެސް އަހަރެންނަށް ތަބާ ވުމަށް އެދޭނަމަ އެމީހެއްގެ އަމިއްލަ އެދުންތަކާ މެދު ވިސްނުމުގެ ބަދަލުގައި ފުރާނަ ދޫކޮށްލުމަށް ތައްޔާރުގައި ވާންޖެހޭނެ. އެއީ ސަލީބެއްގައި އޮވެ ނިމިދިއުން ކަމުގައި ވިޔަސްމެ.


ދެން އީސާގެފާނު ދީނުގެ ދަންނަބޭކަލަށް ވިދާޅުވިއެވެ. ”⁠ވަގުންގެ އަތް ދަށުވެ އަނިޔާ ލިބުމުގެ ސަބަބުން ހާނީއްކަ ވެފައިވާ މީހާގެ މައްޗަށް މިތިން މީހުންގެ ތެރެއިން އަވަށްޓެރިޔަކު ފަދައިން ކަންކުރީ ކާކު؟⁠“


ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔައީ މީހުންގެ ކުރިމަތީގައި ކަލޭމެންގެ ހުރިހާ އަމަލުތަކަކީ ވެސް ރަނގަޅު އަމަލުތަކެއް ކަމުގައި ހަދާ ބަޔެއް. ނަމަވެސް މާތްރަސްކަލާނގެ ކަލޭމެންގެ ހިތްތައް ދެކެ ދެނެ ވޮޑިގެން ވޭ. އިންސާނުންގެ ކުރިމަތީގައި މަތީ އަގުހުންނަ ކަންތައްތަކަކީ މާތްރަސްކަލާނގެ ކުރިފުޅުމަތީ ތާކުންތާކު ނުޖެހޭ ހުތުރު ކަންތައްތައް.⁠“


މިހެންކަމުން އެނގި ހާމަވަނީ އެއްވެސް މީހަކަށް އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކަންތައް ކޮށްގެން މާތްރަސްކަލާނގެ ކުރިފުޅުމަތީ ރަނގަޅު މީހަކަށް ނުވެވޭނެކަމެވެ. އެއީ ލިޔެވިގެން ވެއެވެ. ”⁠ދިރިތިބޭނީ ހަމައެކަނި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އީމާން ވުމުގެ ސަބަބުން އެކަލާނގެ ރުއްސެވުން ލިބޭ މީހުންނެވެ.⁠“


އެހެންވީމާ އަހަރެމެން މާތްރަސްކަލާނގެ ޙަޟްރަތުގައި ސާލިޙު ބައެއްގެ ގޮތުގައި ވަނީ އަހަރެމެން ކުރާ އަމަލުތަކުންމެއެވެ. ހަމައެކަނި އީމާންތެރިކަމުގައި ވުމަކުން ނޫންކަން މި ބަޔާންވެދިޔަ ކަންތަކުން ސާބިތުވެ ފެންނާނެ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ