Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 10:22 - ކިތާބުލް މުޤައްދަސާ

22 ދެން އީސާގެފާނު އެތަނުގައި ތިބި މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވި. ”⁠އަހަރެންގެ ބައްޕަ ވަނީ ހުރިހާ ކަމެއް އަހަރެންގެ މައްޗަށް ދޫކޮށްލައްވާފަ. ދަރިފުޅަކީ ކާކު ކަމެއް ބައްޕާފުޅަށް ފިޔަވާ އެހެން ފަރާތަކަށް ނޭނގޭނެ. ދަރިފުޅަށް ފިޔަވާ އެހެން މީހަކަށް ބައްޕައަކީ ކާކު ކަމެއް ވެސް ނޭނގޭނެ. ބައްޕަފުޅަކީ ކާކުކަން އެނގޭނީ ހަމައެކަނި ދަރިފުޅު އެކަން އަންގައިދިނުމަށް ކަނޑައަޅާ ބަޔަކަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 10:22
20 ပူးပေါင်းရင်းမြစ်များ  

އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ.


”⁠އަޅުގަނޑުގެ ބައްޕާފުޅު ވަނީ ހުރިހާ ކަމެއް އަޅުގަނޑާ ހަވާލު ކުރައްވާފައި. ބައްޕާފުޅު ފިޔަވާ އެހެން ފަރާތަކަށް ދަރިކަލުން ނޭނގޭނެ. އަދި ދަރިކަލުން ފިޔަވާ އެހެން މީހަކަށް ބައްޕާފުޅެއް ނޭނގޭނެ. ބައްޕާފުޅަކީ ކޮބައި ކަން އެނގޭނީ ހަމައެކަނި ދަރިކަލުން އެކަން ހާމަކޮށްދިނުމަށް ކަނޑައަޅާ ބަޔަކަށް.


އީސާގެފާނު އެބޭކަލުންނާއި ހަމައަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠އުޑާއި ބިމުގައިވާހާ އަމުރުވެރިކަން އަހަރެންނަށް ވަނީ ދެއްވާފަ.


އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.


ބައްޕާފުޅު އަހަރެން ދެނެވޮޑިގެންވޭ، އަހަރެން ބައްޕާފުޅު ވެސް ދަންނަން. ހަމަ އެފަދައިން އަހަރެންނާއި އަހަރެންގެ ކަންބަޅިތައް ވެސް އެކަކު އަނެކަކު ދަނޭ. އަދި އެ އެއްޗެއްސަށްޓަކައި އަހަރެން އަހަރެންގެ ފުރާނަވެސް ދޭނަން.


އީސާގެފާނަށް އެކަލޭގެފާނު ވަޑައިގަތީ ވެސް އަދި އެނބުރި ވަޑައިގަންނަވާނީ ވެސް މާތްރަސްކަލާނގެ ޙަޟްރަތަށް ކަން އެނގިވަޑައިގެން ވެއެވެ. އަދި ބައްޕާފުޅު ވަނީ ހުރިހާ ކަމެއްގެ ބާރާއި ހުއްދަ އެކަލޭގެފާނަށް ދެއްވާފައިކަން ވެސް އެކަލޭގެފާނަށް އެނގިވަޑައިގެން ވެއެވެ.


އަޅުގަނޑުގެ އަތުގައި ވާހައި އެއްޗަކީ އިނބަރަސްކަލާނގެ އެއްޗެހި. އިނބަރަސްކަލާނގެ ކިބަފުޅުގައި ވާހައި އެއްޗަކީ އަޅުގަނޑުގެ ވެސް އެއްޗެހި. އަދި އަޅުގަނޑުގެ ޖަލާލަތުކަން ފެނިގެން ދާނީ އެމީހުންގެ ޒަރީއާއިން.


ބައްޕާފުޅު އަޅުގަނޑާއި ހަވާލު ކުރެއްވި އެންމެހައި މީސްތަކުންނަށް ނިމުންނުވާ ދިރިހުރުން ދިނުމުގެ އިޚުތިޔާރުވަނީ އަޅުގަނޑަށް ދެއްވާފައި.


އިނބަރަސްކަލާނގެ އަކީ ކޮބައިކަން އަޅުގަނޑު އެމީހުންނަށް އަންގައިދިނިން. އަދި އެކަންތައް އިތުރަށް ވެސް އަންގަމުން ގެންދާނަން. އެއީ ބައްޕާފުޅު އަޅުގަނޑު ދެކެ ވާ ލޯބި އެމީހުންގެ ކިބައިގައި ވެސް ވާނެ ގޮތް މެދުވެރި ވުމަށްޓަކައި. އެގޮތުން އެމީހުންގެ ކިބައިގައި އަޅުގަނޑު ވެސް ވުމަށްޓަކައި.⁠“


ބައްޕާފުޅާ! އަޅުގަނޑަށް އިނބަރަސްކަލާނގެ ޙަޟްރަތުގައި މިހާރު ޖަލާލަތުކަން ދެއްވާ! އެއީ ދުނިޔެ އުފެއްދެވުމުގެ ކުރީގައި އިނބަރަސްކަލާނގެ ޙަޟްރަތުގައި އަޅުގަނޑަށް ދެއްވާފައިވާ ޖަލާލަތުކަން.⁠“


އުޑުގައިވޮޑިގެންވާ ބައްޕާފުޅު އެކަލޭގެފާނު ދެކެ ލޯބިވެވޮޑިގެންވޭ. އަދި ހުރިހާ އެއްޗަކާއި ކަމެއްގެ މައްޗަށް ފުރިހަމައަށް ބާރު ހިންގުމުގެ އިޚުތިޔާރު ވަނީ އެކަލޭގެފާނަށް ދެއްވާފަ.


އެހެނީ އެންމެހާ ވެރިންގެ މައްޗަށާއި، ބާރާއި ނުފޫޒުވެރި ހުރިހާ އެންމެންގެ މައްޗަށާއި އަދި ރަސްރަސްކަލުންގެ މައްޗަށް އަލްމަސީޙު ވެރިކަން ހިންގަވާނީ މި ޒަމާނުގައި އެކަންޏެއްމެ ނޫނެވެ. ނަމަވެސް އަންނާން އޮތް ޒަމާނުގައި ވެސް މިފަދައިން ވެރިކަން ހިންގަވާނެއެވެ.


އަދި ހުރިހާ އެއްޗެއްގެ މައްޗަށް އަމުރުވެރި ކުރެއްވިއެވެ.⁠“ އެ އަންގަވަނީ ”⁠ހުރިހާ އެއްޗެއްގެ މައްޗަށް އަމުރުވެރި ކުރެއްވި⁠“ ކަމަށެވެ. އެހެނަސް އިންސާނުން އެހުރިހާ އެއްޗެއްގެ މައްޗަށް އަމުރު ހިންގާތަނެއް އަހަރެމެންނަކަށް މިއަދަކު ނުފެނެއެވެ.


މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.


އަލްމަސީޙުގެ އުނގަންނަވައި ދެއްވުން ފަހަނައަޅައި މިސްރާބެއްނެތި ހިނގައްޖެ ކަމުގައިވާނަމަ، މާތްރަސްކަލާނގެ އާއި ތިޔަބައިމީހުންނާއި ދެމެދުގައިވާ ގުޅުން ގެއްލި ދާނެއެވެ. ނަމަވެސް އަލްމަސީޙު އުނގަންނަވައި ދެއްވި ކަންތަކުގައި ތިޔަބައިމީހުން ހިފަހައްޓައި ގާއިމުވެ ތިބެއްޖެނަމަ މަތިވެރި ބައްޕާފުޅާއި ދަރިކަލުން ތިޔަބައިމީހުންނާއި އެކު ވޮޑިގެންވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ