Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 10:21 - ކިތާބުލް މުޤައްދަސާ

21 އެވަގުތު މާތްރޫޙުފުޅުގެ ސަބަބުން އުފަލުން ފުރިފައިވާ ހާލުގައި އީސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އުޑާއި ބިމުގެ ވެރި މާތްސާހިބާ! މިހުރިހާ ކަންތައްތައް ކިޔަވައިގެން ތިބި ބުއްދިވެރިންނަށް ވަންހަނާ ކުރައްވައި މި ކަންތައްތައް ތިޔަ ހާމަ ކުރެއްވީ އާދައިގެ މީހުންނަށް. ބައްޕާފުޅާ! ބައްޕާފުޅަށް ފުރިހަމަ އުފަލާއި ހިތްހަމަ ޖެހިލެއްވުން ލިއްބައިދެނީ މިފަދަ ކަންތައް ކަން އަޅުގަނޑަށް އެނގޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 10:21
29 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ ޔޫނުސްގެ ދަރި ޝަމްއޫނު. ތިބާއަށް ބަރަކާތްހުރި. އެހެނީ އެއްވެސް މީހަކު އެކަން ތިބާއަށް ހާމަކޮށްދީފައި ނުވޭ. އަހަރެންނަކީ ކާކުކަން ތިބާއަށް އަންގައިދިނީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު.


އެމީހުން އީސާގެފާނުގެ އަރިހުން އެއްސެވިއެވެ. ”⁠އެ ކުޑަކުދިން އެ ކިޔާއެއްޗެތި ކަލެއަށް އިވޭތަ؟⁠“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އާނ. ބާވައިލެއްވި ފަތްފުށްތަކުގައި މިފަދައިން ލިޔެވިފައިވާތީ އަޑެއް ނާހަންތަ؟ ’⁠ކުޑަކުދިންނާއި ތުއްތު ކުދިންނަށް އިނބަރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާ ދެންނެވުމަށް އުނގަންނަވައި ދެއްވި.⁠‘⁠“


ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން މީސްތަކުން ހިނަވައިދެއްވަމުން ގެންދެވި ތަނަށް ފަރީސީންނާއި ސާދުސީނުގެ ގިނަ ޢަދަދެއްގެ ބަޔަކު އައެވެ. ޔަޙުޔާގެފާނަށް އެބައިމީހުން ފެނިވަޑައިގެންނެވި ހިނދު އެބައިމީހުންނާއި ދިމާލަށް ވިދާޅުވިއެވެ. ”⁠އޭ ހަރުފަތަކުގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ހީކުރަނީތަ؟


ބުނަންތަ؟ މިކުދިން މާތްކަލާނގެ ރަސްކަންފުޅު ލިބިގަންނަ ފަދައިން ލިބިނުގަންނަ މީހަކަށް އެރަސްކަންފުޅު ލިބިއެއް ނުގަނެވޭނެ.⁠“


ކަންބަޅި ފެނުމުން އެކަމާއިވީ އުފަލުން އޭތި އޭނާގެ ކޮނޑުމަތީ ބާއްވައިގެން


އަދި މި ރިހިލާރި ފެނުމުން އޭނާގެ އަވަށްޓެރިންނާއި އެކުވެރިންނަށް ގޮވައި ގެނެސް އެމީހުންނަށް ބުނާނެ. ’⁠އަހަރެން މި ވަނީ ވަރަށް އުފަލުގައޭ. އަހަރެން އަތުން ގެއްލުނު ރިހިލާރި ފެނިއްޖޭ. އަހަރެންގެ މި އުފަލުގައި ބައިވެރިވެދޭށޭ!⁠‘⁠“


ދެން އެމީހުން އެތަނުގައި ޖައްސާފައިވީ ހިލަ އެއްފަރާތަކަށް ފުރޮޅާލިއެވެ. އެވަގުތު އީސާގެފާނު މައްޗަށް ބައްލަވާފައި މިފަދައިން ވިދާޅުވިއެވެ. ”⁠ބައްޕާފުޅު އަޅުގަނަޑުގެ ދުޢާ އެއްސެވީތީ ހަމްދާ ޝުކުރު ކުރަން.


އަލްމަސީޙާއި އަހަރެމެން ގުޅިފައިވަމުން އަހަރެމެންނަށް މާތްކަލާނގެ ވަނީ ތަރިކައެއް ދެއްވާފައެވެ. އެކަލާނގެ ވަނީ މާކުރީގައި ވެސް އަހަރެމެން އިޚްތިޔާރު ކުރައްވާފައެވެ. އެކަލާނގެ ހުރިހާ ކަމެއް ކުރައްވަނީ އެކަލާނގެ ރޭއްވެވުންފުޅާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ