ލޫކާސް 10:2 - ކިތާބުލް މުޤައްދަސާ2 އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެންގެވުންތަކަށް އީމާންވުމަށް ތައްޔާރަށް ވާ އެތައް ބަޔަކު ވެސް ވޭ. ވީމާ އެމީހުންގެ ގާތަށް އަހަރެންގެ ބަސްތަކާއިގެން ދާނެ މީހުންނަށް އެދި އެމީހުންގެ ހިތްތައް އީމާންވުމުގެ މަގަށް އެނބުރުއްވި މާތްރަސްކަލާނގެ ކިބަފުޅަށް ދަންނަވަން. အခန်းကိုကြည့်ပါ။ |
މިއީ ދަތުރަކު ދިޔަ މީހަކު ފަދައިން އަޅައިބެލޭނެފަދަ ކަމެއް. އޭނާގެ ގެ ދޫކޮށް ފުރުމުގެ ކުރިން، އޭނާގެ ނޯކަރުންނަށް ގޭގެ އެންމެހާ ކަންތައްތައް ކުރުމާ ހަވާލުކުރި. އެއިން ކޮންމެ ނޯކަރަކަށް ޚާއްސަ ކުރެވި ޙަވާލު ކުރެވިފައިވާ މަސައްކަތެއް ކުރަން ބުނި. އަދި އޭނާ އެނބުރި އަންނަންދެން ފަރުވާތެރި ކަމާއެކު މައިދޮރު ބެލެހެއްޓުމަށް ދޮރުފާރަވެރިޔާއަށް އިންޒާރުކުރި!
އިސްތިފާނު މަރާލި މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި އެހެން މީހުންނަށް ވެސް ވަރަށް ގިނަ އުނދަގޫތަކާ އަނިޔާތައް ދިނެވެ. އެކަމުގެ ސަބަބުން އީސާގެފާނަށް އީމާންވެގެން ތިބި ވަރަށް ގިނަ ބަޔަކު ވަކި ވަކި ވެ ވިއްސިވިހަވާލި ވެގެން ދިޔައެވެ. މީގެ ތެރެއިން ބައެއްމީހުން ފެނީސިޔާއާއި ސައިޕުރަސް އާއި އަންތީޔޮކުގައި ދަތުރުކޮށް އީސާގެފާނާއި ބެހޭ ޚަބަރުފުޅުތަކާ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ. ނަމަވެސް މިމީހުން މި ކަންތައްތައް އަންގައިދީ ވާހަކަދައްކާ އުޅުނީ ހަމައެކަނި ބަނީއިސްރާއީލު މީހުންނާއެވެ.
މިމީހުން މާތްރަސްކަލާނގެ ކިބައަށް ހަމްދާ ސަނާކިޔާ ރޯދަހިފާ ހަދަމުން ގެންދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހަކު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެމީހުންނަށް އެންގެވިއެވެ. ”ތިމަންކަލާނގެއަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން ބަރުނައްބާސް އާއި ޝާއުލް އެއްކިބާކޮށް ހޮވާ. އެއީ ތިމަންކަލާނގެ އެމީހުން ކުރުމަށް ކަނޑައަޅާ ޚާއްސަކޮށްފައިވާ ކަންތައްތައް ކުރުމަށްޓަކައި.“
އެހެން ކަމުން އަހަރެން ކަލޭމެންނަށް ބުނަން. ކަލޭމެންގެ އަމިއްލަ ނަފްސުތަކާ މެދު ބަލައިގެން ރައްކާތެރިވެގެން އުޅޭ. އަދި މާތްރޫޙުފުޅު ކަލޭމެންނާއި ހަވާލު ކުރި މީހުން ކަމުގައި ވާ އީސާގެފާނަށް އީމާންވެގެންވީ މީސްތަކުންގެ މައްޗަށް ގެރިބަކަރި ހުއިހައްޕާ މީހަކު އޭނާގެ ގެރިބަކަރިތަކަށް ކާންދީ ބަލަހައްޓާ ފަދައިން ކަމޭހިތައިގެން ބަލާތި. އެ ޖަމާޢަތުގެ މީހުންނަކީ ޚޮދު އެކަލޭގެފާނުގެ ލޭ ފޮދުން އަގު ދައްކާ ގަނެފައިވާ ބަޔެއް. އެމީހުންގެ މައްޗަށް ކަލޭމެން ބޮޑުން ކަމުގައި ލެއްވީ މާތްރޫޙުފުޅު.
ތިޔަ ސަހަރުގެ އަހުލުވެރިއެއް ކަމުގައިވާ އެފަފުރާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އޭނާއަކީ ވެސް އީސާ އަލްމަސީޙުގެ ޚާދިމެކެވެ. އޭނާ އަބަދުވެސް ވަރަށް ޖޯޝާއެކު ތިޔަބައިމީހުންނަށްޓަކައި ދުޢާކުރެއެވެ. ރޫޙާނީގޮތުން ކުރިއަރަމުން ދިއުމަށް އެދިއާއި އަދި ތިޔަބައިމީހުންނަށް ހިތްވަރާއި ކުރިއެރުމާއި ފުރިހަމަކަން އެކަލާނގެ އެދިވޮޑިގަންނަވާނެ ފަދަޔަކުން ދެއްވުން އެދި އޭނާ ދުޢާ ކުރެއެވެ.
އަޚުންނާއި އުޚުތުންނޭވެ. އަހަރެމެން ކުރި މަސައްކަތާއި އަދި އުފުލި އުނދަގޫ ތިޔަބައިމީހުން ހަނދާން ހުންނާނެއެވެ. މާތްރަސްކަލާނގެ ބާވައިލެއްވި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް ވަޢުޡު އިއްވުމުގައި އަހަރެމެން ރެޔާދުވާލު ނުހަނު ބުރަކޮށް މަސައްކަތް ކުރީ ތިޔަބައިމީހުންނަށް ކުޑަވެސް ބުރައެއް ނުޖެއްސުމަށްޓަކައެވެ.