ލޫކާސް 10:18 - ކިތާބުލް މުޤައްދަސާ18 އީސާގެފާނު ވިދާޅުވިއެވެ. ”ވިދުވަރަކުން އެޅި ހޮނެއް ފަދައިން އިބިލީސް އުޑުން ބިމަށް ވެއްޓެނިކޮށް އަހަރެން ދުށިން. အခန်းကိုကြည့်ပါ။ |
އެކަލޭގެފާނު، ދަރިން ކަމަށް އެވިދާޅުވާ މީހުންނަކީ އަހަރެމެން ފަދައިން މަހާއި ލެއިންވާ މީހުންނެވެ. ޚުދު އީސާގެފާނު ވެސް އެމީހުން ފަދައިން ވެވަޑައިގަންނަވައި އެމީހުންނާއެކު އިންސާނީ ފިތުރަތު ޙިއްސާ ކުރެއްވިއެވެ. އެކަލޭގެފާނު އެ ގޮތަށް އަވަހާރަވެ ވަޑައިގަތީ މެރުމުގެ ބާރު ލިބިގެންވާ ޝައިތާނާ ހަލާކު ކޮށްލެއްވުމަށް ޓަކައެވެ.