Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 10:17 - ކިތާބުލް މުޤައްދަސާ

17 މި ދިޔަ ހަތްދިހަ ދެ އަސްޙާބީން އެނބުރި އައީ ވަރަށް އުފާވެރި ކަން މަތީގައެވެ. އެމީހުން އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ! އަޅުގަނޑުމެން ކަލޭގެފާނުގެ ނަންފުޅުގަތުމުން ޖިންނީން ވެސް އަޅުގަނޑުމެންނަށް ބޯލަނބާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 10:17
8 ပူးပေါင်းရင်းမြစ်များ  

މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


އީމާންތެރިވި ފަރާތްތަކަށް މުޢުޖިޒާތްތައް ދެއްކުމުގެ ކުޅަދާނަކަން ލިބިދޭނެ. އެފަދަ މީހުންނަށް ޖިންނީގެ އުނދަގޫތަކުން މީސްތަކުން ރަނގަޅު ކުރުމަށާއި ތަފާތު އެކިއެކި ބަސްތަކުން ވާހަކަ ދައްކުމުގެ ކުޅަދާނަކަން ލިބޭނެ.


މިއަށް ފަހު މާތްސާހިބާ އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ޚާއްސަ ބާރަ އަސްޙާބީން ފިޔަވާ އެހެން ހަތްދިހަދެ އަސްޙާބީއަކު ވެސް ކަނޑަ އެޅުއްވިއެވެ. ދެން މިމީހުން ބަޔަކަށް ދެމީހުން ވާގޮތަށް ބައްސަވާ އެމީހުން އެކަލޭގެފާނުގެ ކުރިން، އެކަލޭގެފާނު ވަޑައިގަންނަވަން ހަމަޖެހިފައިވާ ހުރިހާ ރަށަކަށް ފޮނުއްވިއެވެ.


އެހެންނަމަވެސް ކަލޭމެން އުފާކުރަންވީކީ ޖިންނީން ކަލޭމެންނަށް ބޯލަނބާތީކީ ނޫން. އުފާކުރަންވީ ކަލޭމެންގެ ނަން ސުވަރުގޭގައި ލިޔެވިގެން ވާތީ.⁠“


އެތާނގައި ބަލިމީހުން ތިބިއްޔާ އެމީހުންގެ ބަލިތައް ހެޔޮކޮށްދީ. އަދި އެމީހުން ކައިރީ ބުނޭ: ’⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ކަލޭމެންނާއި ވަރަށް ވެސް ކައިރީގައޭ.⁠‘


އެއްދުވަހަކު އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީ ބޭކަލުން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި އެބޭކަލުންނަށް ޖިންނި އަވަލާފައިވާ މީހުން ރަނގަޅު ކުރުމަށާއި ހުރިހާ ވައްތަރެއްގެ ބަލިން މީހުން ފަސޭހަ ކޮށްދިނުމުގެ ބާރާއި ހުއްދަ ދެއްވިއެވެ.


އެހެންވީމާ، ކޮންމެ އަނތްބަކުމެ އެކަނބަލުންގެ ފިރިންނަށް އެންމެހާ ޙާލަތުތަކުގައި ކިޔަމަންތެރިކަން އަދާ ކުރާށެވެ. މަސީޙީ ޖަމާޢަތް އަލްމަސީޙަށް ކިޔަމަންތެރިކަން އަދާކުރާ ފަދައިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ