ލޫކާސް 10:10 - ކިތާބުލް މުޤައްދަސާ10-11 އެކަމަކު ކަލޭމެން ދާ ރަށަކުން ކަލޭމެންނަށް މަރުޙަބާ ނުކިޔައިފި ނަމަ ފާޅުގައި އެންމެންނަށް އެންގުމުގެ ގޮތުން އެމީހުންނަށް ބުނޭ. ’ކަލޭމެންގެ ރަށުން އަހަރެމެންގެ ފައިގައި ހޭކުނު ހިރަފުސް ވެސް ކަލޭމެންނަށް ކުރާ އިންޒާރެއްގެ ގޮތުން އަހަރެމެން ފޮހެލަމޭ. ނަމަވެސް މިކަމަށް ހެކިވޭ. ހަމަކަށަވަރުން މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ވަރަށް ވެސް ކައިރީގައޭ.‘ အခန်းကိုကြည့်ပါ။ |
ނަމަވެސް އެމީހުން ޕައުލްގެ ވާހަކަތަކާއި ދެކޮޅުހަދާ އޭނާއާއި ދިމާލަށް ނަހަމަ އެއްޗެތި ކިޔާ ހެދުމުން ޕައުލް އެމީހުން ދޫކޮށްލި ކަން ހާމަކުރުމުގެ ގޮތުން އޭނާގެ ހެދުމުން ހިރަފުސް ފޮޅާލާފައި އެމީހުންނަށް ބުންޏެވެ. ”ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވި ދިންނެވުން ނުލިބުނީ ނަމަ އެއީ ކަލޭމެންގެ އަމިއްލަ ކުށް. އަހަރެންނަށް އެ ކަމާމެދު ކުރެވެން އޮތް ވަރަކަށް އަހަރެން މަސައްކަތް ކޮށްފީން. މީގެ ފަހުން އަހަރެން މި ދިންނެވުމުގެ ވާހަކަތައް އަންގައިދިނުމަށް ދާނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް އެކަނި.“