Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 10:1 - ކިތާބުލް މުޤައްދަސާ

1 މިއަށް ފަހު މާތްސާހިބާ އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ޚާއްސަ ބާރަ އަސްޙާބީން ފިޔަވާ އެހެން ހަތްދިހަދެ އަސްޙާބީއަކު ވެސް ކަނޑަ އެޅުއްވިއެވެ. ދެން މިމީހުން ބަޔަކަށް ދެމީހުން ވާގޮތަށް ބައްސަވާ އެމީހުން އެކަލޭގެފާނުގެ ކުރިން، އެކަލޭގެފާނު ވަޑައިގަންނަވަން ހަމަޖެހިފައިވާ ހުރިހާ ރަށަކަށް ފޮނުއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 10:1
14 ပူးပေါင်းရင်းမြစ်များ  

އޭނާ އިލްޔާސްގެފާނާއި އެއްފަދައިން މާތްރޫޙުފުޅުގެ ބާރާއިއެކު ކަންތައްތައް ކުރައްވާނެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާފައިވާ މާތްސާހިބާ ފާޅުވެވަޑައިގަތުމުގެ ކުރިން އޭނާ އެކަލާނގެއަށްޓަކައި ބަނީއިސްރާއީލު މީސްތަކުން ތައްޔާރު ކުރައްވާނެ. އޭނާ ބައްޕައިންގެ ހިތްތައް އެބައިމީހުންގެ ދަރިންގެ މައްޗަށް އަނބުރުއްވައި އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންނުވާ މީހުން ޞާލިޙުކަމުގެ މަގަށް އަނބުރުއްވާނެ.⁠“


އެއަށް ފަހު ޒަކަރިއްޔާ އޭނާގެ ދަރިފުޅަށް ބުންޏެވެ. ”⁠މަގޭ ދަރިފުޅާ! ތިޔައީ މާތް ސާހިބުވަންތަ ރަސްކަލާނގެ ދުނިޔެއަށް ޒިޔާރަތްކުރެއްވުމުގެ ކުރިން އެކަލާނގެއަށްޓަކައި މަގު ތައްޔާރުކުރުމަށް އެކަލާނގެ ފޮނުއްވި ރަސޫލާ.


މާތްސާހިބާއަށް މިކަނބުލޭގެ ފެނި ވަޑައިގަތްހިނދު ވަރަށް ދެރަފުޅުވިއެވެ. އަދި އެކަނބުލޭގެއަށް ވިދާޅުވިއެވެ. ”⁠ނުރޮއެ.⁠“


ދެން އީސާގެފާނު އެކަލޭގެފާނުގެ ކުރިން ސަމީރިއްޔާގެ ރަށަކަށް ބަޔަކު ފޮނުއްވިއެވެ. އެއީ އެކަލޭގެފާނު އެރަށަށް ވަޑައިގަންނަންވާ އިރަށް ކަންތައްތައް ތައްޔާރުކުރުމަށްޓަކައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ