Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:78 - ކިތާބުލް މުޤައްދަސާ

78 މަތިވެރި މާތްރަސްކަލާނގެ އެފަދައިން ކަންކުރެއްވީ އެކަލާނގެ އަހަރެމެންގެ މައްޗަށް ހަމްދަރުދީވެ ވޮޑިގެން ވާތީ. މާތްރަސްކަލާނގެ އެކަލާނގެ ޚާއްސަ ކުރައްވާފައިވާ ބޭކަލުން އަހަރެމެންގެ ތެރެއަށް ވިދާ ބަބުޅާ އައްޔެއް ފަދައިން ފޮނުއްވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:78
19 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.


އެއީ އެއަލިކަމުގައި އެންމެހާ ތަކެތި ފެނިދެނިވެއެވެ. އެގޮތުން މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންކުރައްވާފައި ވެއެވެ. ”⁠ނިދާފައިވާ އިންސާނާ ނިކަން ހޭލާށޭ! މަރުވެފައިވާ މީހުންގެ މެދުން ތެދުވޭ. އަދި އަލްމަސީޙުގެ ނޫރުފުޅުން ތިބާގެ މައްޗަށް އަލިކަން ވިދާ ބަބުޅާނެ.⁠“


އަލްމަސީޙު އީސާގެފާނުގެ އޯގާވެރި ލޯތްބާއެކު ތިޔަބައިމީހުންނާއި އެކުގައިވުމަށް އަހަރެންގެ ހިތްއެދޭވަރާއި ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާވަރު މާތްކަލާނގެ ދެނެވޮޑިގަންނަވާނެއެވެ.


ތިޔަބައިމީހުން އަލްމަސީޙާ އާއި އެކުގައިވުމުން ތިޔަބައިމީހުންނަށް ހިތްވަރު ލިބުނެވެ. އެކަލޭގެފާނުގެ ލޯބިން ތިޔަބައިމީހުންގެ ހިތް އުފާ ކޮށްދެއްވިއެވެ. އަދި މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުން ތިޔަބައިމީހުން އެއްބައިވަންތަ ކުރުވިއެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ހަމްދަރުދީވެ އޯގާތެރި ވެވުނެވެ.


ތިޔަބައިމީހުންނަކީ މާތްކަލާނގެ ހޮއްވަވާފައިވާ ބަޔަކަށްވެ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ބަޔަކަށް ވާތީ ތިޔަބައިމީހުންގެ ކިބައިގައި ހިތްހެޔޮކަމާއި، ރަހުމާއި، އޯގާވެރިކަމާއި، ހިތްތިރިކަމާއި، މަޑުމައިތިރިކަމާއި، އަދި ކެތްތެރިކަމުގެ ފޭރާމުން ފޭރާން ލާށެވެ.


އެފަދަ ތަޖުރިބާކަމުގެ ސަބަބުން އަހަރެމެންނަށް ނަބީން ގެންނެވި ބަސްފުޅުތަކާމެދު އިތުރު އިތުބާރެއް ލިއްބާދެއެވެ. އެބޭކަލުން ލިޔުއްވާފައިވާ ބަސްފުޅުތަކާއިމެދު ސަމާލުވާށެވެ. އެބޭކަލުންގެ ބަސްފުޅުތައް އަނދިރި ތަނެއްގައި ބަބުޅަމުން ދާ އަލިކަންފަދައިން ވެއެވެ. އެއީ އަލްމަސީޙު އެނބުރި ވަޑައިގެން ފަޖުރުތަރި ފަދައިން ތިޔަބައިމީހުންގެ ހިތްތަކުގައި ވިދާ ބަބުޅާ ދުވަހަށް ދާންދެނެވެ.


ނަމަވެސް އަހަރެމެންގެ ތެރެއިން މީހަކު ތަނަވަސް ޙަޔާތެއްގައި ވާހިނދު އަދި އޭނާގެ އަޚާއާއި އުޚުތާގެ ޒަރޫރީ ބޭނުންތައް ފެނުނަކަސް އެހީތެރިއެއް ނުވެއެވެ. އެކަމުން ދައްކަނީ މިފަދަ މީހާ މާތްރަސްކަލާނގެ ދެކެ ލޯތްބެއް ނުވާކަމެވެ.


”⁠އަހަރެންނަކީ އީސާގެފާނު! ތިޔަ ހުރިހާ އެންމެންނަށް މި ތަކެތި ބުނެދިނުމަށް މަސީޙީ ޖަމާޢަތްތަކަށް އަހަރެންގެ މަލާއިކަތާ ފޮނުއްވީމު. އަހަރެން ވަޑައިގެންނެވީ ދާއޫދުގެފާނުގެ ދަރިފަސްކޮޅުން. އަދި އަހަރެންނަކީ ފަތިހުގެ އުޖާލާވި ތަރި ވެސްމެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ