Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:76 - ކިތާބުލް މުޤައްދަސާ

76 އެއަށް ފަހު ޒަކަރިއްޔާ އޭނާގެ ދަރިފުޅަށް ބުންޏެވެ. ”⁠މަގޭ ދަރިފުޅާ! ތިޔައީ މާތް ސާހިބުވަންތަ ރަސްކަލާނގެ ދުނިޔެއަށް ޒިޔާރަތްކުރެއްވުމުގެ ކުރިން އެކަލާނގެއަށްޓަކައި މަގު ތައްޔާރުކުރުމަށް އެކަލާނގެ ފޮނުއްވި ރަސޫލާ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:76
22 ပူးပေါင်းရင်းမြစ်များ  

ހެރޮދު ބޭނުންވީ ޔަޙުޔާގެފާނު އަވަހާރަ ކޮށްލައްވާށެވެ. ނަމަވެސް އޭނާ މީސްތަކުން ދެކެ ބިރުން އެކަން އެ ގޮތަށް ކުރުމަށް ޖެހިލުން ވިއެވެ. އެއީ ޔަޙުޔާގެފާނަކީ ނަބީބޭކަލެއް ކަމުގައި މީސްތަކުން ގަބޫލު ކުރާތީއެވެ.


ނަމަވެސް އެއީ އިންސާނެއްގެ ފަރާތުން ކަމުގައި އަހަރެމެން ބުނެފިނަމަ މީސްތަކުން ކޮށްފާނޭ ކަމަކާއި މެދު އަހަރެމެން ބިރުގަނޭ. އެހެނީ އެމީހުން އެންމެން ޔަޙުޔާ އަކީ ނަބީބޭކަލެއްކަމުގައި ގަބޫލު ކުރޭ.⁠“


ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން.


ޔަޝަޔާޙުގެފާނުގެ ބަސްފުޅުތަކުގައި އެ އިޝާރާތް ކުރައްވާފައި ވާ ނަބިއްޔަކީ ޔަޙުޔާގެފާނެވެ. ޔަޝަޔާޙުގެފާނު ވިދާޅުވިއެވެ: ”⁠މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑުގެ ތެރެއިން މީހަކު ގޮވަމުން ދާނެއޭ: ’⁠މާތްރަސްކަލާނގެއަށްޓަކާ މަގެއް ތައްޔާރުކުރޭ! އަދި އެ މަގު ސީދާ މަގަކަށް ހަދާ!⁠‘⁠“


މިތިބަ މީސްތަކުންނަށް ޔަޙުޔާގެފާނަކީ ރަސޫލު ބޭކަލެއްކަން އެނގޭއިރު ޔަޙުޔާގެފާނަށް އެ ޙައްޤު ދެއްވީ އިންސާނެކޭ އަހަރެމެންނަކަށް ނުބުނެވޭނެ.⁠“ އެބައިމީހުން ތިބީ މީސްތަކުން ދެކެ ބިރުންނެވެ.


އެކަލޭގެފާނީ މަތިވެރިވެގެންވާ ބޭކަލަކު ކަމުގައި ވާނެ. މާތްރަސްކަލާނގެ އެކަލޭގެފާނުގެ ލަޤަބުފުޅެއް ކަމުގައި އެންމެމަތިވެރި ރަސްކަލާނގެ ދަރިކަލުން މިލަޤަބުފުޅު ލައްވާނެ. މާތް ސާހިބުވަންތަ ރަސްކަލާނގެ އެދަރިކަލުންގެ ކާބަފައިކަލުން ދާއޫދުގެފާނު ފަދައިން އެކަލޭގެފާނު ރަސްކަލަކު ކަމުގައި ލައްވަވާނެ.


މަލާއިކަތާ ވިދާޅުވިއެވެ. ”⁠މަތިވެރި މާތްރަސްކަލާނގެ މާތްރޫޙުފުޅު ކަނބުލޭގެފާނުގެ އަރިހަށް ފޮނުއްވޭނެ. އެންމެމަތިވެރި ރަސްކަލާނގެ އަމުރުފުޅަށް އުފަންވާ މި މާތް ކަލޭގެފާނުގެ ލަޤަބުކަމުގައި ހިމެނޭނީ މާތްރަސްކަލާނގެ ދަރިކަލުން މިލަޤަބުފުޅު.


ކަލޭމެން ކަލޭމެންގެ ދުޝްމިނުން ދެކެ ލޯބިވޭ. އެބައިމީހުންނަށް ހެޔޮކޮށް ހިތާ ރަނގަޅަށް ކަންތައް ކުރޭ. އަދި ކަލޭމެން ކައިރީ މީހަކު ދަރަންޏަށް އެއްޗެއް ދޭން އެދެފި ނަމަ އެއެއްޗެއް އަނބުރާ ލިބުމަށް އުންމީދު ނުކޮށް އެމީހަކަށް އެ އެއްޗެއް ދީ. އޭރުން ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވާ ޘަވާބު ބޮޑުވާނެ. އަދި ކަލޭމެންނަކީ އެންމެމަތިވެރި ފަރާތުގެ ދަރިން ކަމުގައި ވާނެ. އެއީ އެކަލާނގެއީ ޝުކުރުވެރި ނުވާ މީހުންނަށާއި ނުބައިނުލަފާ މީހުންނަށް ވެސް އޯގާތެރިވެ ވޮޑިގެންވާ ކަލާނގެ.


ދެން ޔަޙުޔާގެފާނު ނަބީ ޔަޝަޔާޙުގެފާނު ވިދާޅުވި ބަސްފުޅުތައް ބޭނުންކުރައްވައި މިފަދައިން ބުނެ އެމީހުންނަށް ޖަވާބުދެއްވިއެވެ. ”⁠އަހަރެން މިއީ ހަނަފަސް ސަހަރާގެ ތެރޭގައި، މާތްރަސްކަލާނގެއަށްޓަކައި، ސީދާ މަގެއް ތައްޔާރުކުރުމަށް ގޮވަމުން ދާ މީހާއޭ.⁠“


އަހަރެންނަކީ އަލްމަސީޙު ނޫންކަން ކަލޭމެން އެންމެންނަށް ވަރަށް ސާފުކޮށް އަހަރެން ބުނެދިނީމެންނު؟ އަހަރެން މިއައީ ހަމައެކަނި އެކަލޭގެފާނަށްޓަކައި މީސްތަކުންގެ ހިތްތައް ތައްޔާރުކުރުމަށް.


މި ކުއްޖާ ޕައުލް އާއި އަހަރެމެންގެ ފަހަތުން މި ފަދައިން ގޮވާ ހަޅޭއްލަވަމުން އައެވެ. ”⁠މިމީހުންނަކީ އެންމެ މަތިވެރިރަސްކަލާނގެ ޚާދިމުން. އެމީހުން މީސްތަކުންނަށް އެ ބުނެދެނީ ދިންނެވޭނެ ގޮތުގެ ވާހަކަތައް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ