ލޫކާސް 1:75 - ކިތާބުލް މުޤައްދަސާ75 އަދި އޭރުން އަހަރެމެންގެ މުޅި އުމުރުމެ އެކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމުގައާއި ޞާލިޙު ކަން މަތީ ދެމިތިބެވޭނެ.“ အခန်းကိုကြည့်ပါ။ |
ދުނިޔެ އުފެއްދެވުމުގެ ކުރިން މާތްރަސްކަލާނގެ އަހަރެމެން ޚިޔާރު ކުރެއްވީ އަލްމަސީޙާއި އެކުގައި އެއްބައިވަންތަ ކަމުގައިވުމަށެވެ. އެއީ އަހަރެމެން ބަދުނާމުތަކުން އެއްކިބާކުރުވާ މާތް ކުރެއްވުމަށެވެ. އެކަލާނގެ ލޯބިވެ ވޮޑިގެންނެވުމުގެ ސަބަބުން އީސާ އަލްމަސީޙު މެދުވެރި ކުރައްވާ އަހަރެމެން ވަނީ އެކަލާނގެ ދަރިންގެގޮތުގައި ޚިޔާރު ކުރައްވާފައެވެ. އެއީ އެކަލާނގެ އެދިވޮޑިގަންނަވާ އަދި އުފާފުޅުވެވޮޑިގަންނަވާ ގޮތުގެ މަތިންނެވެ.
އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތެއް ވޭތު ކުރާނޭ ގޮތަކާ މެދުގައެވެ. އަދި ތިޔަބައިމީހުން ޙަޔާތް ވޭތުކުރަމުން ތިޔަ ގެންދަނީ އެފަދައިން ވެސްމެއެވެ. މިހާރު އަހަރެމެން ތިޔަބައިމީހުންގެ ގާތު އާދޭހާއެކު މިއެދެނީ މާތްސާހިބާ އީސާގެފާނުގެ ކިބައިން ހިތްވަރު ލިބި ތިޔަގޮތުގައި އިތުރަށް ކުރިއަށް ދިއުމަށެވެ.
މާތްސާހިބާ ތިޔަބައިމީހުން ދެކެ ލޯބިވެ ވަޑައިގަންނަވާ އަޚުންނާއި އުޚުތުންނޭވެ! ތިޔަބައިމީހުންނާއިމެދު އަބަދުގައި އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުވެރިވާން ޖެހެއެވެ. އެހެނީ ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ދެއްވުމުގައި މާތްރަސްކަލާނގެ ވަނީ ތިޔަބައިމީހުން ފުރަތަމައިން ޚިޔާރު ކުރައްވާފައެވެ. އެކަލާނގެ މާތްރޫޙުފުޅުން ތިޔަބައިމީހުން ވަނީ ޤުދުސީ ކުރައްވާފައެވެ. އަދި ތެދު ބަސްފުޅާއިމެދުގައި އީމާންވުމުން ތިޔަބައިމީހުން ވަނީ ސަލާމަތް ވެގެން ވެސް މެއެވެ.
އެކަލާނގެ އަހަރެމެން ސަލާމަތް ކޮށްދެއްވައި އެކަލާނގެއަށް މުޤައްދަސް ބައެއްގެ ގޮތުގައި އަހަރެމެން ލެއްވިއެވެ. އެއީ ފަހަރެއްގައި ވެސް އަހަރެމެންގެ އަމަލުތައް ހުރި ގޮތަކުން ނޫނެވެ. ނަމަވެސް އެކަލާނގެ އަމިއްލަ މަގުސަދަށްޓަކައި ލެއްވި މަތިވެރި ނިޢުމަތްފުޅެކެވެ. މި ނިޢުމަތްފުޅަކީ އީސާ އަލްމަސީޙު މެދުވެރި ކުރައްވާ ދުނިޔެ އުފެއްދެވުމުގެ ކުރިން އެކަލާނގެ އަހަރެމެންނަށް ދެއްވި މަތިވެރި ނިޢުމަތެކެވެ.