Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:7 - ކިތާބުލް މުޤައްދަސާ

7 މި ދެމަފިރިންނަށް ދުވަހަކު ވެސް ދަރިއަކު ނުލިބެއެވެ. އެއީ އެލިޒަބަތު އަކީ ކުދިން ނުލިބޭ އަންހެނެކެވެ. އަދި މިހާރު އެމީހުން ވަނީ އުމުރުން ދުވަސްވެ މުސްކުޅި ވެފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:7
16 ပူးပေါင်းရင်းမြစ်များ  

އިބްރާހީމްގެފާނު ބިންމަތީ މޫނުފުޅު ޖައްސަވައި މާތްކަލާނގެ ކިބަފުޅަށް ސަޖިދަ ކުރެއްވިއެވެ. އެ ހިނދު އެކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް ދޭހަވެ ރަނގަޅަށް އޮޅުންފިލާ ވަޑައިގަތުމުން ހިނިފުޅުވެޑުވުނެވެ. އެވަގުތު އެކަލޭގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަތެވެ. ”⁠ގަރުނަކަށް ވުރެ ގިނަދުވަސް ވެފައިވާ ފިރިހެނަކަށް ދަރިއަކު ލިބިދާނެތަ؟ ސާރާގެ އުމުރުން ނުވަދިހަ އަހަރުގައި އެކަމަނާއަށް ދަރިއަކު ލިބިދާނެތަ؟⁠“ ދެން އެކަލޭގެފާނު މާތްކަލާނގެއަށް ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ ވަޢުދުފުޅާއި އެއްގޮތަށް އިސްމާޢީލްއަކީ އަޅުގެ ހުރިހާ ތަކެއްޗެއްގެ މިލްކުވެރިއަކަށް ހެއްދަވަންވީ ނޫންތޯ؟⁠“


އިބްރާހީމްގެފާނާއި ސާރާގެ އުމުރުފުޅު ނުހަނު ދޮއްޓެވެ. ސާރާ ވަނީ އިއްދައިން ކެނޑިފައެވެ. މައްސަރު ކަންތައް ޖެހުން ހުއްޓިފައެވެ.


ނަމަވެސް ރިފްޤާއަށް ދަރިކަލަކު ލިބިވަޑެއް ނުގެންނެވިއެވެ. އެގޮތުން އިސްޙާޤުގެފާނު އެކަމަނާގެ ޙާލަތު ބަޔާންކުރައްވައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދެންނެވިއެވެ. އެ ހިނދު މާތްރަސްކަލާނގެ އެކަލޭގެފާނުގެ ދުޢާ އިޖާބަ ކުރެއްވިއެވެ. ދެން ރިފްޤާ އާލާސްވެ އިންނަވައިފިއެވެ.


ރާޙީލްގެ ފުށުން ޔަޢުޤޫބުގެފާނަށް ދަރިއަކު ލިބިފައި ނުވާތީވެ، އެކަނބުލޭގެ ދައްތަ ލައިއަތު ދެކެ ހަސަދަވެރި ވިއެވެ. އަދި އެކަނބުލޭގެ ޔަޢުޤޫބުގެފާނަށް މިފަދައިން ދެންނެވިއެވެ. ”⁠އަހަރެންނަށް ދަރިކަލަކު ދެއްވާ. އެހެންނޫނީ އަހަރެން މަރުވެދާނަން!⁠“


ޖުދެއާ ކަރައިގައި ހެރޮދު ރަސްގެފާނުގެ ޒަމާނުގައި ޒަކަރިއްޔާއޭ ކިޔުނު އިމާމަކު އުޅުނެވެ. އޭނާ އާއި އޭނާގެ އަންހެނުން އެލިޒަބަތަކީ އިމާމު ހާރޫނުގެފާނުގެ ދަރިކޮޅުގެ މީހުންނެވެ. ޒަކަރިއްޔާ އަކީ އެދަރިކޮޅުގެ އަބައްޔާ ވަންހައިގެ މީހެކެވެ.


ޒަކަރިއްޔާ އާއި އޭނާގެ އަންހެނުން އެލިޒަބަތަކީ މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަންވާ ތެދުވެރިކަމާއިއެކު އެކަންތައްތައް އަދާކުރަމުން ދާ ބަޔެކެވެ. އެދެމީހުންގެ މައްޗަށް މާތްރަސްކަލާނގެ ރުހިވޮޑިގެން ވިއެވެ.


އެއްފަހަރަކު ޒަކަރިއްޔާގެ ބައިގެ އިމާމުން ބައިތުލް މަޤްދިސްގައި މާތްރަސްކަލާނގެ ކިބަފުޅަށް ކުރާ އަޅުކަންތަކުގެ އިމާމުކަން ކުރުމާއި ހަވާލުވިއެވެ.


ސާރާގެފާނު އެހާ އަޖޫޒުވެ އިއްދައިން ކެނޑިފައިވީ ހިނދު ވެސް މާތްރަސްކަލާނގެ ވަޢުދު ކުރައްވާފައިވާ ގޮތަށް އެކަލާނގެ ކަންތައް ކުރައްވާނެ ކަމުގެ އީމާންތެރިކަން ދޫކޮށެއް ނުލައްވައެވެ. އެ އެކަމަނާއަށް ދަރިއަކު ލިބޭނެގޮތް މެދުވެރިވީ އެ ޔަޤީންކަން މަތީ އިންނަވަނިކޮށެވެ. އެއީވެސް އެކަމަނާގެ އީމާންތެރިކަމުގެ ނަތީޖާއެވެ.


އަލްޤާނާގެ ދެ އަނބިން ތިއްބެވެ. އެކަކީ ޙައްނާ އެވެ. އަނެކަކީ ފަނިންނާއެވެ. ފަނިންނާއަށް ވަނީ ދަރިން ލިބިފައެވެ. އެކަމަކު ޙައްނާގެ ދަރިއަކު ނެތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ