Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:69 - ކިތާބުލް މުޤައްދަސާ

69 މާތްރަސްކަލާނގެ މަތިވެރި ކުރެއްވި ރަސްގެފާނު ދާއޫދުގެފާނުގެ ދަރިކޮޅުން އަހަރެމެން ދިންނެވުމަށްޓަކައި މަތިވެރި ބޭކަލަކު ދުނިޔެއަށް އެބަފޮނުއްވާ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:69
23 ပူးပေါင်းရင်းမြစ်များ  

އެކަލާނގެއަކީ މިއަޅާގެ ވެރި ރަސްކަލާނގެއެވެ. މިއަޅާއަށް ރައްކާ ތެރިކަން ދެއްވާ ހިލައެއް ފަދައިން އެކަލާނގެ މިއަޅާއަށް ނިވާކަން ދެއްވައެވެ. އެކަލާނގެއަކީ މިއަޅާގެ އައްޑަނައެވެ. މިއަޅާއަށް ހަމަލައެއް އަންނަ ކޮންމެ ވަގުތަކު އެ ހަމަލައަކުން މިއަޅާ ސަލާމަތް ކޮށް ދެއްވައެވެ. އެކަލާނގެއަކީ މިއަޅާގެ އުސް ކިއްލާއެވެ. މިއަޅާއަށް ރައްކާތެރިކަން ލިބޭ ޖަގަހައެވެ. އަނިޔާވެރި ދުޝްމަނުންގެ ކިބައިން އެކަލާނގެ މިއަޅާއަށް ރައްކާތެރިކަން ދެއްވައެވެ.


އެގޮތުން އިނބަރަސްކަލާނގެ ނަންފުޅު ދާއިމަށް މަތިވެރި ކުރައްވާށި! އޭރުން މީސްތަކުން ބުނާނެ. ’⁠އުޑުތަކުގެ ލަޝްކަރުގެވެރި ރަސްކަލާނގެއަކީ އިސްރާއީލުންގެ ވެސް ވެރި ރަސްކަލާނގެއޭ!⁠‘ އިނބަރަސްކަލާނގެ ޚާދިމު ދާއޫދުގެ ރަސްމަތިފުށް އިނބަރަސްކަލާނގެ ކުރިފުޅުމަތީގައި އަބަދުވެސް ދަމަހައްޓަވާށި.


މިއީ އީސާ އަލްމަސީޙުގެ ކާބަފައިންގެ ތާރީޚެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ދާއޫދުގެފާނުގެ އާއިލާއިންނެވެ. އަދި ދާއޫދުގެފާނު ވަޑައިގެންނެވީ އިބްރާހީމްގެފާނުގެ އާއިލާއިންނެވެ.


އަހަރެމެންގެ ކާބަފައިކަލުން ދާއޫދުގެފާނުގެ އަންނަން އޮތް ރަސްކަމަށް ރަޙުމަތް ލައްވާނދެ! އެންމެހާ ޙަމްދާއި ޘަނާއެއް ޙައްޤުވަނީ މަތީއުޑުގައި ވޮޑިގެންވާ މާތްރަސްކަލާނގެއަށް!⁠“


”⁠އަހަރެންނަކީ އީސާގެފާނު! ތިޔަ ހުރިހާ އެންމެންނަށް މި ތަކެތި ބުނެދިނުމަށް މަސީޙީ ޖަމާޢަތްތަކަށް އަހަރެންގެ މަލާއިކަތާ ފޮނުއްވީމު. އަހަރެން ވަޑައިގެންނެވީ ދާއޫދުގެފާނުގެ ދަރިފަސްކޮޅުން. އަދި އަހަރެންނަކީ ފަތިހުގެ އުޖާލާވި ތަރި ވެސްމެ.⁠“


ދެން ޙައްނާ ހަރުއަޑުން ދުޢާ ކުރިއެވެ. ”⁠މާތްރަސްކަލާނގެއަށްޓަކައި މިއަޅާގެ ހިތް އުފަލުން ފުރިގެން ހިނގައްޖެ. އިނބަރަސްކަލާނގެ އިރާދަފުޅުން މިއަޅާގެ ދުޝްމިނުންގެ ކުރިމަތީގައި އިސް އުފުލާލެވިއްޖެ. އެގޮތަކީ މިއަދު މާތްރަސްކަލާނގެ މިވަނީ މިއަޅާ ނަޖާ ކޮށްދެއްވާފަ. އެކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް މިއަޅާ ސަނާ ދަންނަވަން.


މިއަޅާގެ މާތްރަސްކަލާނގެއާ ދެކޮޅުވެރިވާ ފަރާތެއް ފުނޑުފުނޑުވެ ހަލާކުވެދާނެ. އަދި އުޑުން ގަދަވެގެންވާ ގުގުރުމަކާއެކު ފޮނުއްވާ ކޯފާއަކުން އެމީހުން ކުދިކުދިވެގެން ދާނެ. އަދި އެކަލާނގެ ދުނިޔޭގެ ކަންކޮޅުތަކަށް ބައްލަވައި ވޮޑިގެން އިންސާފު ކުރައްވާނެ. އަދި އެކަލާނގެ ހޮއްވަވާ ރަސްކަލަކު ބާރުވެރި ކުރައްވާނެ. އެކަލާނގެ ޚިޔާރުކުރެއްވި ޚާދިމަށް ގަދަކަން ދެއްވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ