Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:67 - ކިތާބުލް މުޤައްދަސާ

67 ޔަޙުޔާގެފާނުގެ ބައްޕާފުޅު ޒަކަރިއްޔާ ވަނީ މާތްރޫޙުފުޅުން ފުރިފައެވެ. އެހެންކަމުން އޭނާ މާތްރަސްކަލާނގެ އެންގެވި ވަޙީގެ މި ބަސްފުޅުތައް މިފަދައިން ހާމަކުރިއެވެ:

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:67
9 ပူးပေါင်းရင်းမြစ်များ  

”⁠މާތްރަސްކަލާނގެ ރޫޙުފުޅު އަހަރެން މެދުވެރިކޮށް މި ލަފުޒުތައް އިއްވެވިއެވެ.


އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް ޚާއްސަ މީހަކު ކަމުގައި ވާނެ. އޭނާ އެއްގޮތަކަށް ވެސް މޭބިސްކަދުރުން ނުވަތަ އެހެން އެއްޗަކުން ވިޔަސް ހަދާފައިވާ މަސްތުވާ ފަދަ ބުއިމެއް ބޮއިގެން ނުވާނެ. އަދި އޭނާ އުފަންވުމުގެ ކުރިން ފެށިގެން އޭނާ ވާނީ މާތްރޫޙުފުޅުން ފުރިފަ. އޭނާ ހުރިހާ ކަމެއް ވެސް ކުރާނީ މާތްރަސްކަލާނގެ ބާރުފުޅުގެ ދަށުން.


އެ ވަގުތު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެއެންމެންގެ މައްޗަށް ވެރިވިއެވެ. އަދި މާތްރޫޙުފުޅު މި އެންމެންގެ މައްޗަށް ބާރު ހިންގަވަން ފެށުމުން އެ ރޫޙުފުޅުގެ ބާރުފުޅުގެ ދަށުން އެމީހުން އެކިއެކި ތަފާތު ބަސްތަކުން ވާހަކަ ދައްކަން ފެށިއެވެ.


ދެން އަނާނިޔާހު ޔުދާސްގެ ގެ ހޯދައިގެން އެގެއަށް ދިޔައެވެ. އެގެއަށް ގޮސް އޭނާ ޝާއުލް އަށް ބުންޏެވެ. ”⁠ޝާއުލް އަހަރެން މި އައީ މާތްސާހިބާ އީސާގެފާނު އަހަރެން ފޮނުއްވީމަ. ކަލޭ ދިމިޝްޤަށް ދަތުރުކޮށް އައި މަގުމަތީގައި ކަލެއަށް ވެސް ފެނުނީ ހަމަ އެކަލޭގެފާނު. އެކަލޭގެފާނު އަހަރެން ފޮނުއްވީ ކަލެއަށް ކަލޭގެ ލޮލުގެ އަލިކަން އަނބުރާ ދެއްވުމަށް. އަދި ކަލެއަށް މާތްރޫޙުފުޅު ވެސް ދެއްވުމަށް.⁠“


އެހެނީ އެއްވެސް ރިސާލަތެއް އިންސާނާގެ އަމިއްލަ އިޚްތިޔާރަކުން ނުގެނެވެއެވެ. އެކަމަކު މީސްތަކުން މާތްރޫޙުފުޅުގެ ބާރު ދަށަށް އައުމުން އެމީހުން ބުނާބަސްތައް މާތްކަލާނގެ ރިސާލަތުކަމުގައި ވެދެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ