Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 1:65 - ކިތާބުލް މުޤައްދަސާ

65 އެލިޒަބަތު އާއި ޒަކަރިއްޔާގެ އަވަށްޓެރިން މިކަންތައްތައް ދެކެ ވަރަށް ބޮޑަށް އަޖައިބުވެ ހައިރާންވެ މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވިއެވެ. އަދި ޖުދެއާ ކަރައިގެ ފަރުބަދަތަކު ހިސާބުގެ ހުރިހާ ރަށެއްގައި މި ވެދިޔަ ކަންތައްތަކުގެ ވާހަކަ ދެކެވުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 1:65
12 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އުފަންވެ ވަޑައިގަތީ ޖުދެއާ ކަރައިގެ ބައިތުލަޙަމުގައި ހެރޮދު ރަސްގެފާނުގެ ޒަމާނުގައެވެ. އީސާގެފާނު އުފަންވެ ވަޑައިގެންނެވުމަށް ފަހު، އިރުމަތީ ސަރަހައްދުން ނަކަތްތެރިންގެ ބަޔަކު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.


އެއަށް ފަހު ދެތިން ދުވަސް ވެސް ނުވެ މަރިޔަމްގެފާނު އެލިޒަބަތުއާއި ޒަކަރިއްޔާ އުޅޭ ޖުދެއާ ކަރައިގެ ފަރުބަދަތަކުގެ ހިސާބު ރަށަށް ވަޑައިގަތުމަށްޓަކައި ދަތުރު ފެއްޓެވިއެވެ.


މި ވާހަކައިގެ އަޑުއެހި ކޮންމެމީހަކު މިކަމާމެދު ވަރަށް ބޮޑަށް ހައިރާންވެ އަޖައިބު ވިއެވެ.


މިތަނުގައި ތިބި ހުރިހާ އެންމެން މިކަމާ ވަރަށް ބޮޑަށް އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ކިއެވެ. އެބައިމީހުން ވީ ހައިރާންކަމުގެ ބޮޑުކަމުން ބުންޏެވެ. ”⁠މިއަދު އަހަރެމެންނަށް ހައިރާންވެ އަޖައިބު ވާފަދަ ކަންތައްތަކެއް ފެނިއްޖެ.⁠“


މިތަން ދެކެފައި އެތާނގައި ތިބި ހުރިހާ އެންމެން ވަރަށް ބިރުވެތިވެ އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން ބުންޏެވެ. ”⁠ކައުއިތުރު ނަބީ ބޭކަލަކު އަހަރެމެންގެ ތެރެއަށް ފާޅުވެވަޑައިގެންފި! މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނަށް މަދަދު ދެއްވުމަށްޓަކައި މި ދުނިޔޭގައި އެކަލާނގެ މަތިވެރި ބާރުފުޅު ދައްކަވާ ރަޙުމަތްލައްވަވަން ފައްޓަވައިފި!⁠“


މި ކަންތަކުގެ ޚަބަރު މުޅި އެފޭސުސް ތެރޭ ވަރަށް އަވަހަށް ފެތުރި ބަނީއިސްރާއީލު މީހުންނަށާ އަދި އެހެން މީހުންނަށް ވެސް މިކަންތައްތައް އެނގުނެވެ. އަދި ހުރުމަތާއި ބިރު މުޅި ރަށުތެރޭގައި ފެތުރި އެންމެން ވެސް އީސާގެފާނުގެ ނަންފުޅަށް ޙުރުމަތްތެރިކޮށް ހިތަންފެށިއެވެ.


އެންމެންމެ ވެސް ވަނީ އެދިޔަ މަތިވެރި ކަންތައްތަކުގެ ސަބަބުން ހައިރާން ކަމުން ފުރިފައެވެ. އީސާގެފާނުގެ މަންދޫބުން އެދުވަހު އެތައް މުޢުޖިޒާތަކާއި ހައިރާން ކުރުވަނިވި ކަންތައްތައް ކުރިއެވެ.


އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނާއި އަދި މި ވެދިޔަ ކަންތައްތަކުގެ އަޑު އެހި އެންމެން މި ކަންތައްތަކުގެ ސަބަބުން ވަރަށް ބޮޑަށް ބިރުގަތެވެ.


އޭނާ މި ބަސްތަކުގެ އަޑު އިވުމުން ބިންމައްޗަށް ވެއްޓި ހަމައެވަގުތު މަރުވިއެވެ. މި ވީ ކަންތަކުގެ އަޑު އިވި މީސްތަކުންގެ މެދުގައި ބިރުވެތިކަން ފެތުރުނެވެ.


ނަމަވެސް ތިން ދުވަހާއި، ބައި ދުވަސް ފަހުން، މާތްރަސްކަލާނގެ އެ ދެ ނަބީބޭކަލުންގެ ފުރާނަ އަލުން އެޅުއްވިއެވެ. އަދި އެދެމީހުން ކޮޅަށް ތެދުވިއެވެ. އަދި އެދެމީހުން ފެންނަ ކޮންމެ މީހަކުމެ ބިރުވެތި ވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ